ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް ރާއްޖޭގެ ކުރީގެ ނައިބް ރައީސް ޢަބްދުﷲ ޖިހާދާއެކު ޖުމްހޫރީ ޕާޓީގެ ގިނަ އަދަދެއްގެ ބޭފުޅުން މިރޭ ޕީޕީއެމްއާއި ގުޅިވަޑައިގެންފިއެވެ.

ޕީޕީއެމްއާއި ގުޅުނު ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބް ރައީސް ޖިހާދާއި، އިރުތިޝާމާއި، މުއުނީއާއި ޔާމީން ރަޝީދުވެސް ހިނެއެވެ. މިބޭފުޅުން މުއިއްޒަށް ތާއީދުކޮށް މިރޭ ވަނީ ޖޭޕީން ވަކިވެ ޕީޕީއެމްއަށް ސޮއިކޮށްފައެވެ.

ޖޭޕީން ޕީޕީއެމްއާއި ގުޅުނު ބޭފުޅުން:

  • ކުރީގެ ނައިބް ރައީސް ޖިހާދު
  • ޖޭޕީގެ ސްޕެޝަލް އެޑްވައިޒާ ޑރ. އިރުތިޝާމް
  • ޑރ. އައިޝަތު ނާޒު
  • ޖޭޕީގެ ޒުވާނުންގެ ގޮފީގެ ރައީސް ޔާމީން ރަޝީދު
  • ގާސިމްގެ އެޑްވައިޒަރު ހަސަން މުޢުނީ
  • ޖޭޕީ ކައުންސިލް މެމްބަރު ޢަލީ އިބްރާހިމް ދީދީ
  • ޖޭޕީ ކައުންސިލް މެމްބަރު ފަޒީލް އަލީ
  • ޖޭޕީ ކައުންސިލް މެމްބަރު މުހައްމަދު ޝާހިދު
  • ޖޭޕީގެ ކައުންސިލް މެމްބަރު މުހައްމަދު ނާޒިލް

މުއިއްޒު އެންޑޯޒް ކުރެއްވި ޖޭޕީގެ ކައުންސިލް ބޭފުޅުން:

  • ޖޭޕީ ކައުންސިލް މެމްބަރު އިބްރާހިމް ޒަކީ
  • ހުސެއިން
  • ޑރ. މުހައްމަދު ކިނާނަތު
  • ހުސެއިން ޒާމިރު
  • ޑރ. އިބްރާހިމް ޝިޔާމް

ސޮއިކުރި އެހެން ބޭފުޅުން:

  • އެމްޑީޕީއަށް ނިސްބަތްވާ ޕީޖީ ސަނީ
  • ނައިފަރު ކޮމިއުނިޓީ ވިޔަފާރި ވެރިޔާ މާޖިދު
  • ފިލްމީ ތަރި އައިމިނަތު ރިޝްފާ

މިބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެކި މަޤާމުތައް ފުރުއްވި ބޭފުޅުންވެސް ހިމެނެއެވެ. މުއިއްޒު ވަނީ މިރޭގެ ޖަލްސާގައި ޤައުމީ މިމަސައްކަތުގައި ދިވެހި އެންމެހާ ރައްޔިތުން އޭނާ ދިއްކުރާ އަތުގައި ހިފައި އެއްއަޒުމެއްގައި މަސައްކަތް ކޮށްދިނުމަށް ގޮވާލާފައެވެ. އަދި އޮތީ ހުޅުވިފައިވާ އަތެއް ކަމަށާއި، ކޮންމެ ރައްޔިތަކަށްވެސް އެފުރުސަތު ހަމަހަމަ ކަމާއިއެކު އޮންނާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.