ލަންޑަންގެ "ޗީޒްގްރޭޓާ" ގެ ހަވަނައަށް އެންމެ އުސް އިމާރާތަށް އެރި މީހަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 24 އަހަރުގެ އެމީހާ އެތަނަށް އެރިއިރު، ސަލާމަތީ ވާގަނޑެއްވެސް ނެތް ކަމަށް ބަލަން ތިބި މީހުން ބުނެއެވެ.އަދި އެމީހާއަކީ އެހެން ގައުމުތަކުގެ އިމާރާތްތަކަށްވެސް އަރާ މީހެކެވެ.

ލަންޑަންގެ ފުލުހުން ބުނީ އެ މީހާ އަރާފައިވަނީ 738 ފޫޓު އުސްމިނުގައި ހުންނަ ލީޑެންހޯލް ބިލްޑިން އަށް ކަމަށެވެ.އަދި އެވަގުތުގައި އެމީހާ އެތަނަށް އެރި އިރު އެތަކެއް ބަޔަކު ވީޑިއޯ ކުރަން ތިބިކަމާއި، އެތަން ފުލުހުން ވަނީ ބަންދުކޮށްފައެވެ.

މީގެއިތުރުން ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައިވަނީ އެ އިމާރާތުގެ އެންމެ މައްޗަށް އެރިފަހުންކަމަށެވެ.