މިހަފުތާގެ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައިފިއެވެ.

2023 ވަނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަނޑައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 8 ޑިސެންބަރު 2022 ގައި ނެރުއްވި ދެންނެވުމުގައި، މި ސެޕްޓެންބަރު މަހުގެ 28 ވާ ބުރާސްފަތި ދުވަސް ހިމަނުއްވައިފައިވާތީ، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީީސް އޮފީހުން މިއަދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވީ ކީއްވެކަމެއް ހާމައެއް ނުކުރައްވައެވެ.

އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުއްވިއިރު، ހޮނިހިރު ދުވަހަކީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނަ ދުވަހެވެ.