ޗައިނާގެ ހުޅަނގު ދެކުނުގައި އޮންނަ ގުއިޒޯ ޕްރޮވިންސުގެ ޕަންޒާއު ސިޓީގައި ހުންނަ ކޯލް މައިނެއްގައި ހިންގި އަލިފާނުގެ ހާދިސާއެއްގައި 16 މީހަކު މަރުވެއްޖެއެވެ.

ކޯލް މައިނުގައި މަސައްކަތްކުރާ އޮފިޝަލުން ބުނިގޮތުގައި އެތަނުގައި އަލިފާން ރޯވެފައިވަނީ ކޮންވެއާ ބެލްޓުތަކެއްގައި ރޯވެގެންނެވެ. އަލިފާން ރޯވުމާއެކު އިމަޖެންސީ ޓީމުން އަލިފާންގަނޑު ނިންވާލަައި އެތަން އާންމު ހާލަތައް ގެނެސްފައިވާކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

މިހާދިސާގައި މަރުވި މީހުންގެ ހަށިތައް ފެންނަން ނެތްކަމަށް ވެސް އެމީހުން ބުނެފައިވެއެވެ. ބެލެވޭ ގޮތުގައި މީހުން މަރުވެފައިވަނީ ދުމުގެ އަސަރުކޮށްގެން ކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައެވެ. މީގެ ކުރިންވެސް އެ ސަރަހައްދުގެ ކޯލް މައިނެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެތަކެއް ބަޔަކު ވަނީމަރުވެފައެވެ.