ލިޔުނީ: އަޒްހަދު
އަންނަ ހޮނިހިރު ބައްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުން ސޮއިކުރުމުގެ ސުންގަނޑި މިއަދު ހަވީރު 16:0. އަށް ހަމަވާނެއެވެ.
އީސީއިން ވިދާޅުވާގޮތުގައި އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓްރީގައި ކެންޑިޑޭޓުން ނުވަތަ ކެނޑިޑޭޓުން ކަންޑައަޅާ ފަރާތަކުން ސޮއިކުރުމުގެ ފުރުސަތުގެ އިއްޔެއިން ފެށިގެން މިއަދު ހެނދުނު 9:00 އިން ހަވީރު 16:00 ހުޅުވާލާފައިވާކަމަށެވެ. ކެންޑިޑޭޓުން ސޮއިކުރުމަށް ހަމަޖެހިފައިވާ ވަނީ އީސީގެ އިންތިހާބާބެހޭ މަރުކަޒުގެ ދަރުބާރުގައެވެ.
ރިޔާސީ ކެނޑިޓޭތުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއި ކުރަން އަންނަ ނަމަ އެކަން ބަޔާންކޮށް ބަދަލުގައި އަންނަ މީހާގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކާޑުގެ ނަންބަރާއި ކާޑޫގެ ކޮޕީއެށް ގެންނަން ޖެހޭނެ ކަމަށް އީސީއިން ވިދާޅުވެއެވެ. އަދި ކާޑުގެ އަސްލު ގެންނަން ޖެހޭނެ ކަމަށް ވެސް އީސީއިން ވިދާޅުވިއެވެ..އިލެކްޝަންސް ކޮމިޝަނުން ޢާންމު ކުރައްވާފައިވާ ވޯޓާސް ލިސްޓުގައި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އެހެންކަމުން 409 މީހަކަށް ވަނީ އަލަށް ވޯޓު ލުމުގެ ހައްގު ލިބިފައެވެ.