ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހާއެކު “މީރާ” އަށް ހެޔޮ ބަދަލުތަކެއް އަންނާނެ.

10

ޓެކްސް ޤާނޫނަށް ގެނެވުނު އިސްލާހުގެ ސަބަބުން، ” މީރާ” މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

އެގޮތުން  ބަދަލުނުވާ ގޮތަށް އޮތް “މީރާ” މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ބޯޑަށް ވަކި މުއްދަތެއް ކަނޑައެޅިގެން ދިޔުން ފާހަގަކޮށްލެވެއެވެ. ހަމަ އެފަދައިން، މިނިސްޓަރ އޮފް ފިނޭންސް ކަނޑައަޅާ ބޭފުޅަކު ބޯޑްމެމްބަރެއްގެ ގޮތުގައި ހަމަޖެހިގެން ދިޔުމަކީވެސް މުޅި ނިޒާމަށް އަންނާނެ ވަރަށް ބޮޑު ހެޔޮ ބަދަލަކަށް ވެގެންދާނެއެވެ.

Advertisements

މިނިސްޓަރ އޮފް ފިނޭންސްގެ ފަރާތުން ބޭފުޅަކު މީރާބޯޑުގައި ހިމެނުން އެއީ ވަރަށް މުހިއްމުކަމެކެވެ. މިރާއަކީ ސަރުކާރަށް ލިބޭ ހުރިހާ ފައިސާއެއް “ކަލެކްޓް” ކުރާ ފަރާތަށްވެފައި، މީރާއިން ކަންކަން ނިންމުމުގައި، މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ބަސްބުނުމުގެ ފުރުސަތު އޮތުމަކީ ވަރަށް މުހިއްމުކަމެކެވެ.

މިއީ އެއްގޮތަށްވުރެ ގިނަ ގޮތުން އެކަމުގެ ފައިދާ ސަރުކާރަށާއި، ޢާންމު ރައްޔިތުންނަށް ލިބިގެންދާނެކަމެއްކަން ޔަޤީނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުރީ ސަރުކާރު ތަކުންވެސް ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް، މިނިސްޓަރ އޮފް ފިނޭންސްގެ ފަރާތުން ބޭފުޅަކު ކަނޑައެޅުމުގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަ ދެކެވި އެގޮތަށް ޢަމަލު ކުރަން ބޭނުން ވިއެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު ހުރިހާ ބޯޑްތަކަށް ހަމަޖައްސާފައި ނުވި ކަމުގައިވިޔަސް ބައެއް ބޯޑުތަކަށް މިހާރުވެސް މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން މެމްބަރުން ހަމަޖައްސާފައިވެއެވެ.

ޓެކްސްގެ ގާނޫނަށް މި ގެނެވުނު އިސްލާހުގެ ސަބަބުން ޓެކުހުގެ ނިޒާމް ހަރުދަނާވެގެންދާނެކަމަށް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓް ފައްޔާޒު އިސްމާޢީލް ވެސް ވަނީ ވިދާޅުވެފައެވެ.

ދައުލަތަށް ޓެކްސްދައްކާ ފަރާތްތަކުން މިހާރުވެސް އެއްމެ ބޮޑު ޝަކުވާއަކަށްވެފައި ވަނީ، “މިރާ” އިން ބައެއްފަހަރު ޢަމަލު ކުރަމުން ދާ ގޮތުން، ވިޔަފާރިތަކަށް ވަރަށް ބޮޑަށް ދަތިތައް ކުރިމަތިވަމުންދާ ވާހަކައެވެ. ހަލިނިއުސްއަށް މަޢުލޫމާތު ދެއްވި މީހާކު ބުނެފައިވަނީ، މީގެ ހަތްދުވަސްކުރިން، މީރާ އިން ސިޓީއެއް ލިބިގެން ބަލާލި އިރު، އޭގައިވަނީ 2012 ވަނަ އަހަރު ސަރުކާރަށް ދައްކަން ޖެހި ނުދައްކާ އޮތް ފައިސާއެއްގެ ވާހަކައެވެ. އެފައިސާ، ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ދައްކާ ނިންމައި ދިނުމަށެވެ. އެ ގޮތަށް ސިޓީ ލިބިފައިވާއިރު، އޭނާއަކީ ކޮންމެ މަހަކުވެސް، މީރާއަށް އެކި ކަންކަމުގައި ފައިސާ ދައްކަމުން ގެންދާ ފަރާތަކަށްވެފައި، ކުއްލިއަކަށް އެހާކުރީގެ ފައިސާއެއް ކުއްލި އަކަށް ކުރު މުއްދަތެއްގެ ތެރޭގައި ދައްކަން އެންގި އެންގުމަކީ، ޒިންމާ ދާރު ކުޑަކަމެއްކަމުގައެވެ.

އެއީ މީރާއިން ބަލަންޖެހޭ މިންވަރަށް ކަންކަން ނުބަލާކަމެވެ. މީރާއަށް ޚިދުމަތް ހޯދުމަށް ގޮސްތިބި، މީހުންގެ ތެރެއިން 30 މީހުންނާ، ހަލިނިއުސްއިން ވާހަކަ ދައްކާލުމުން 25 މީހުން ވަނީ މީރާގެ ޚިދުމަތާއި، ކަންކަން ކުރާ ގޮތާއި މެދު ވަރަށް ބޮޑަށް ހިންހަމަ ނުޖެހިގެން ވާހަކަ ދައްކާފައެވެ. އދި މިހާރު ތިބި އިސްވެރިންގެ އިސްތިޢުފާ ދިނުމަށްފަހު އެހެން ބަޔަކަށް އެފުރުސަތު ދިނުމަށް ގޮވާލާފައެވެ.

މިއިން އެނގެނީ، ” މީރާ” އަށް ބަދަލުތަކެއް އަންނަން ޖެހިފައިވާ ކަމެވެ. އެހެންކަމުން ޓެކްސް ގާނޫނަށް މި ގެނެވުނު ބަދަލާއެކު، ” މީރާ” ގެ ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދު ކުރެވެއެވެ.

Advertisements
އަހުމަދު އަކީ، ލިޔުންތެރިމަށް ޝަޢުގުވެރިކަން ހުންނަ އަދި ލިޔުންތެރިކަމުގައި ކުރިއަށް ދާން މަސައްކަތް ކުރާ ފަރާތެކެވެ.

10 COMMENTS

  • އިސްތިއުފާ ދިނުމަކުން ނުފުދޭނެ. އިސްތިއުފާ ދީފައިި، އޭނާ ހިންގާފައިވާ ކަންކަން ބަލަން އެބެޖެހޭ

 1. ކަލޯ ތިތަން ތިއީ ކަރެޕްޝަންގެ ބޮޑު ހާއްޔެއް. ވިޔަފާރި ވެރިންނަށް އޮތް ބިރެއް، ގާނޫނު އަވަހަށް ތަންފީޒު ކުރޭ

 2. މީރާގެ ޔަޒީދު ގެންގުޅޭ އުސޫލުގެ ސަބަބުން އަހަރެންގެ ވިޔަފާރި ވަނީ ބަނގުރޫޓް ވެފައި. މިހާރުން މިހާރަށް ބޭރުކުރޭ

 3. ދައުލަތުގެ ޓެކްސް އިދާރާ މިހާރަށް ވުރެ ވަރަށް ބޮޑުތަން އިސްލާހު ވާން އެބަޖެހޭ. ރައްޔިތުން ” ފެލައިލައި” ގެން ނުވާނެ. ފައިސާ ދެއްކުމުގައި ހިތުހުރި ގޮތެއް ހަދަނީ. އެމީހުންގެ ފަރުވާ ކުޑަ ކުރުމުގެ ސަބަބުން ދިމާވާ ކަންކަމުގައިވެސް ވިޔަފާރި ވެރިޔާ ފެލާލަނީ،

 4. ވިޔަފާރި ވެރިންގެ ލޭބޯ މަދިރިއެއް. އެތަނުގައި ތިބި އިސްވެރިންވެސް އެފަދަ.

 5. ވިޔަފާރި ވެރިންނަށް މިހާރަށް ވުރެ ފަސޭހަ ގޮތް ތަކެއް ހޯދައިދޭން އެބަޖެހޭ. މިއީ ސަރުކާރުން ވިސްނަން ޖެހޭކަމެއް.

 6. މީރާ ގެންގުޅޭ އުސޫލުގެ ސަބަބުން، ވިޔަފާރި ފަށައިގަންނަ ފަރާތްތަކާއި، މެދު ފަންތީގެ ވިޔަފާރި ވެރިންނަށް ވަރަށް ބޮޑަށް ދަތިތައް ދިމާވޭ. ވިޔަފާރި ފަށައިގަންނަ ފަރާތްތަކާއި، މެދު ފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ޚާއްސަ ގޮތްތަކެއް ބޭނުންވޭ. އެހެން ނޫނީ ވިޔަ ފާރިވެރިން ނުއުފެދޭނެ. އެމީހުން ކުރި އަރައިގެން ނުދާނެ.

 7. ޔަޒީދުމެން ގަނެފައި ހުރި ފްލެޓްތައް އަތުލަންޖެހޭ. މި މީހުން ހިންގާފައިވާ ޖަރީމާތައް ބަލަންޖެހޭނެ. އެހާ ފަސޭހައިން ސަލާމަތްވެގެން ފިލައިގެން ރާއްޖެއިން ބޭރަށް ދިޔުމުގެ ފުރުސަތު ދެވިގެން ނުވާނެ.

  • ޔަޒީދުމެން ނުކިޔާ، ޔަޒީދު ކިޔާ، އެތަނުގެ ޑެޕިޔުޓީ އަކީ ވަރަށް އަޚުލާގު ރަނގަޅު ވަރަށް ރަނގަޅު މީހެއް.

Comments are closed.