ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަތޮޅުތެރޭގެ ރަށްތަކުގައިވެސް 8:00 އިން ފެށިގެން ކުރިއަށް އެބަގެންދެއެވެ.

އަތޮޅުތެރޭގެ ރަށްތަކުގައި ވެސް މާލެއެކޭ އެއްގޮތަށް 8:00 ޖެހުމުގެ ކުރިން ވަނީ ވޯޓު ކިޔުތައް ހަދަން ފަށައިފައެވެ. ރަށްރަށުގެ ވޯޓުލުމުގެ ކަންތައްތައް ދަނީ ވަރަށްވެސް އަމާންކަމާއެކު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރަށްރަށުގެ ވޯޓުލުންވެސް ހަވީރު 5:00 އަށް ނިންމާލާނެއެވެ. ވޯޓުލުމުގެ ގަޑި ޖެހުމަށްފަހު، ގަޑި އިތުރުނުކުރާނެ ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ.

ފޮޓޯ: މަރްޔަމް ޝަޒްލާ/ހަލިނޫސް

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 އަށް ކަމަށާއި އެއަށް ވުރެ އިތުރަށް ކޮމިޝަނުން ވޯޓުލާން ވަގުތު އިތުރުނުކުރާނެ ކަމަށެވެ.

ފޮޓޯ: މަރްޔަމް ޝަޒްލާ/ހަލިނޫސް

އެހެންކަމަށްވުމުން ވޯޓު ލުމުގެ ގަޑި އިތުރު ކުރާނެ ކަމަށް ބައްލަވައިގެން، ވޯޓުލާން އެންމެ ފަހު ވަގުތަށް މަޑުނުކުރެއްވުން އެއީ ކޮމިޝަނުން ވަރަށް ބޮޑަށް އެދޭ ކަމެއްކަމަށް ރޭގެ ބައްދަލުވުމުގައި އީސީން ވަނީ ބުނެފައެވެ.

ފޮޓޯ: ޖަޒްލާ މުހައްމަދު/ހަލިނޫސް

އީސީން ވަނީ ވީ އެންމެ އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.