ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވާ އިންތިޙަބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ނަޝީދަކީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މުއިއްޒަށް މަރުހަބާ ދެންނެވި ފުރަތަމަ ރައީސެވެ.

ރައީސް ނަޝީދު ވަނީ މިއަދު ހޯއްދެވި ބޮޑު ކާމިޔާބީއަށް ޑރ. މުއިއްޒަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މިއަދު ކުރިއަށްގެންދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ދައްކާގޮތުން ބޮޑު ތަފާތަކުން ރައީސް އިބްރާހީމް މުހައްމަަދު ސާލިހުގެ މައްޗަށް ކުރި ހޯއްދަވައި އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.