ޑޮކްޓަރ ޖަމީލަކީ ސިޔާސީ ބުރަދަނެއްނެތް”ޒީރޯ”ގެ މީހެއް.

6

ޑޮކްޓަރ ޖަމީލަކީ، ނިމިގެންދިޔަ ސަރުކާރުގެ އެންމެ ފުރަތަމަ، ނާއިބުރައީސެވެ. އަދި އެސަރުކާރު ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރި ފަރާތެކެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް ގޮސް ރައްޔިތުންނާ ބައްދަލުކޮށް ވަރަށް މަސައްކަތް ކޮށްފައިވާ ފަރާތެއްގެ ގޮތުގައި ގިނަމީހުން ގަބޫލުކުރި މުރާލި ފަރާތެކެވެ.

އިންތިޚާބު ކާމިޔާބުކޮށް މާގިނަ ދުވަސްތަކެއްނުވަނީސް ސަބަބުތަކެއް ނޭނގި ގިނަ ކަންކަމުން ޑޮކްޓަރ ޖަމީލް ދިޔައީ އެކަހެރި ކުރަމުންނެވެ. އަދި އެއާއެކު އޭރުގެ ޓުއަރިޒަމް މިނިސްޓަރ ދިޔައީ ރައީސް ޔާމީންގެ ލަފާގެ މަތިން ގައުމުގެ ކަންކަން އިސްވެ ބަލަހައްޓަމުންނެވެ. ކަން މިހެން ހިނގަންފެށިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، އަދީބު ސީދާ ޑޮކްޓަރ ޖަމީލަށް ފާޅުގައި ފާޑުކިޔަމުން ދާކަން ވަރަށް ބޮޑަށް ފާހަގަ ވެގެންދިޔައެވެ. ރީތިބަހުން ހުތުރު ވާހަކަ ޖަމީލަށް ނިސްބަތްކޮށް ގޮވަމުން ދިޔައެވެ. ކަންކަން މިހާ ހިސާބަށް ދިޔައިރުވެސް ރައީސް ޔާމީން މިއިން އެއްވެސް ކަމަކާ ބަސްބުނެ ހަދާފައިވާތަނެއް ނުފެނެއެވެ. އަދި އެކަން އެއްވެސް ވަރަކަށް ފާހަގަވެސް ކުރެވިފައި ނުވެއެވެ.

Advertisement

ކުއްލިއަކަށް ފެނިގެންދިޔައީ ޑޮކްޓަރ ޖަމީލަށް ޖަވާބުދާރީ ވުމަށް ވަގުތު ނުދީ ޖަމީލް އިތުބާރުނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާ ޖަމީލް ނާއިބުރައީސް ކަމުން ވަކިކުރުމަށް އަދީބު އިސްވެހުރެ މަސައްކަތް ކުރިތަނެވެ. ކަންދިމާކުރި ގޮތުން ތަފާތު އެތަކެއް މަޖުބޫރީ ހާލަތްތަކާއި ހެދި ޑޮކްޓަރ ޖަމީލަށް ޖެހުނީ ރާއްޖެ ދޫކޮށް ދިޔުމަށެވެ.

އެންމެ ފަހުން ފެނިގެންދިޔައީ، އަދީބަށް “އޯވަރ ނައިޓް” އަކުން ނާއިބުރައީސްކަން “ހަދިޔާ” ކުރިތަނެވެ. މިކަމާ ވަރަށް ބޮޑަށް ހިންހަމަ ނުޖެހިގެން އަދީބު އަދި ރައީސް ޔާމީނަށް ޑޮކްޓަރ ޖަމީލް ދިޔައީ ނުރުހުމުގެ ބަސްބުނެ ވަކާލާތު ކުރަމުންނެވެ. ޔާމީނަށް ގޮންޖަހާ ފާޅުގަޔާއި ސިއްރުގައި ވަކާލާތު ކުރަމުންދިޔަ ޑޮކްޓަ ޖަމީލް އެންމެ ފަހުން ފެނިގެންދިޔައީ، ޖުމްހޫރީ ޕާޓީއަށް ސޮއިކުރި ތަނެވެ. ޖަމީލާއި އެކު އޭނާގެ ވަރަށް ގާތް ދެމީހުންކަމުގައިވާ މަލީހާއި، އަމީންއާއިވެސް އެކީގައެވެ. ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި އޮތް ޕާޓީއެއް ކަމުން ޖަމީލްގެ ދެ އެކުވެރިންނަށްވެސް ވަޒީރުކަން ލިބުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. ސަރުކާރާއެކު ކޯލިޝަން ހަދައިގެން އޮތް ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ޑޮކްޓަރ ޖަމީލަކަށް މާގިނަ ދުވަހަކު ހުރެވޭގޮތެއްނުވިއެވެ. އެންމެފަހުން އެއްކަލަ ކަމުނުގޮސްގެން ފަޑުކިޔަމުންދިޔަ ރައީސް ޔާމީނާއެކު ބަދަހި ގުޅުމަކުން ބަދަހިވެ، ޔާމީންގެ ހުވަފެނީ ކެމްޕޭނުގައި، ޔާމީނާއެކު އަތޮޅު ތަކަށް ދަތުރުވެސް ކުރަން ފެށީއެވެ.

ހާލަތު މިހާ ހިސާބަށް ދިޔައިރު ރައްޔިތުން ދަނީ ވަރަށް ގާތުން ކަންކަން ހިނގަމުންދާ ގޮތް ބަލަމުންނެވެ. މިމީހުން އަސްލު ކުރަން މިއުޅެނީ ކޮންކަމެއްބާއެވެ؟ ބޭނުން ވެގެން މިއުޅެނީ ކޮންކަމެއްބާއެވެ؟ ހަގީގަތުގައިވެސް މިއީ ރައްޔިތުން ދެކެ ލޯބިން އުޅޭ ބައެއް ބާވައެވެ؟ ނަމަވެސް ޔަގީން ކުރެވޭ ކަމަކީ، މިއީ ސިޔާސީ ގޮތުން ކުފޫހަމަނުވާ، ސިޔާސީ ބުރަދަނެއްނެތް ބައެއްކަމެވެ. އެއްވެސް ކަހަލަ އުސޫލެއް ހަމައެއް ނެތް ގޮތަށް އުޅެމުންދާ އަމިއްލަ އެދުމުގެ ބައެއްކަމެވެ. ސިޔާސީ ބުރަދަން” ޒީރޯ” ގެ ބައެއްކަމެވެ.

Advertisements

6 COMMENTS

  1. ކަލޭމެން ކިހިނެއް ވެގެން ޖަމީލާއި، ޖެހިގަނެގެން ތިއުޅެނީ. ޖަމީލަކީ ތަޢުލީމީ ގާބިލް ވަރަށް މުރާލި ހިންގުންތެރި ލީޑަރެއް

  2. މިދިޔަ އިންތިހާބުގައި، ޖަމީލުގެ ހުރި ލީޑަރ ޝިޕްވަނީ ދައްކާފައި، ޖަމީލު ކުރި މަސައްކަތުން އިންތިހާބު ކާމިޔާބު ކުރެވުނީ. އެހެން ނޫންނަމަ އެކަމެއް ނުވާނަ. ޖަމީލަކީ ބޮޑު ފުދުންތެރި ޢާއިލާއެއްގެ މީހެއް.

  3. މިސަރުކާރު ބަދަލު ކުރުމަށް ޖަމީލު ގެންދަނީ ވަރަށް މަކަރުވެރި ގޮތަކަށް މަސައްކަތް ކުރަމުން. އޭނާ ޔާމީނާ ގުޅުނީ އެހެންވެގެން. އޭނާ ކޮންޓްރޯލް ކުރާ ދެ މިނިސްޓަރުން މިސަރުކާރުގައި އެބަތިބި. އެއީ އަމީނާއި، މަލީހު އެމީހުން ދަނީ ވަގުތުގެ ބޭނުންކޯށް ޖީބުތައް ފުރާލަމުން

  4. ލިޔާނެ އެއްޗެއް ނެތިއްޔާ ނުލިޔެ ތިބެ ބަލަ. ނޫސް ހިންގާށޭ ކިޔާފައި، މީހުންގެ ވާހަކަ ދައްކަނީ ކީއްކުރަން. ތިވަރުން ނޫސް ނުހިންގާ ތިބޭނީ ގޭގައި.

  5. ބަލަ ޑޮކްޓަރ ޖަމީލް ބުނެގެންތަ. ހެލްތު މިނިސްޓްރީގެ ބިޑުތައް އަމީން ބޭނުންހާ ބަޔަކަށް ބަހަމުން ގެންދަނީ. ވަރަށް ހެއްވާ ދޯ. އަމީން ގެ ގާތް މީހުންނަށް ބިޑްތައް ދީ، އެންމެފަހުން ގަންނަން އުޅުނު ވެހިކަލްތައްވެސް ދިނީ ހަމަ ޖަމީލް ބުނެގެންތައް.

    • ކަލޯ ޖަޒީރާ ރާއްޖެ. އެހެން ވެންތޯ އަމީން އެބުނާ މީހެއްގެ ސައިކަލް ފަހަތުގައި އިނދެގެން އެދާ ތަންތަނަކަށްދަނީ. ނޫނީ ބަދަލުކޮށްފާނެ ކަމުގެ ޔަގީންކަން އޮތީމަ އަވަހަށް ނިންމާލެވޭތޯ މަސައްކަތް ކުރަ

LEAVE A REPLY

Please enter your comment!
Please enter your name here