ޅ.ނައިފަރުން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ގޮސްފައިވަނީ ޅ. ނައިފަރު / ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (13އ) އެވެ.

ފުލުހުން ބުނި ގޮތުގައި، އެ ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ނައިފަރުންނެވެ. އެއިރު އެ ކުއްޖާ ލައިގެން ހުރީ، މުށިކުލައިގެ ޓޮޕަކާއި މަޑު ނޫކުލައިގެ ޖީންސެއް ކަމަށާއި އަރައިގެން ހުރީ ކަޅުކުލައިގެ ފައިވާނަކަށް ކަމަށް އާއިލާއިން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިއަދު ބުނީ، އެ ކުއްޖާ ނައިފަރުން މިއަދު ފެނިފައިވާ ކަމަށާއި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.