އައްޑޫސިޓީ ހިތަދޫ، ފެހެލެ ކިޅި ސަރަހައްދުގައި އަލިފާން ރޯވެއްޖެއެވެ.

ފެހެލެ ކިޅި ސަރަހައްދުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ހިތަދޫ ފެހެލެ ކިޅި އަކީ ބޮޑު ސަރަހައްދަކަށް ފެތުރިފައި އޮންނަ ހިސާބެކެވެ. އަލިފާންގަނޑު ވަނީ ވަރަށް ދުރުދުރަށް ފެތުރިފައިކަން ފޮޓޯތަކުން ހާމަވެއެވެ.

އެހެންނަމަވެސް އެސަރަހައްދުގައި އަލިފާން ރޯވެފައިވަނީ ކޮން ވަގުތަކު ކަމެއް އެނގިފައެއް ނުވެއެވެ.

ހާދިސާގައި އަނދާފައިވަނީ ކިހާ ސަރަހައްދެއް ކަމެއް ކަމާބެހޭ އެއްވެސް ފަރާތަކުން އަދި ހާކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅޭ ގޮތުން އިތުުރު މައުލޫމާތު ލިބުނުހާ އަވަހަށް ހިއްސާ ކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.