ރައްޔިތުންގެ މަޖިލީހަށް އަލަށް އިތުރުވި ސ. ފޭދޫ އުތުރު ދާއިރާގެ ގޮނޑިއަށް އިމާދު ސާލިހު ވާދަކުރައްވަން ނިންމަވައިފިއެވެ. އެ ގޮތަށް ނިންމަވައިި އޭނާ ވަނީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމުން އިސްއުފޭ ދެއްވަން ނިންމަވައިފައެވެ. އިމާދު މިކަން ހާމަކުރެއްވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެދާއިރާގެ ގޮނޑި އޭނާއަށް ކާމިޔާބު ކޮށްދެއްވުމަށް ދާއިރާގެ އެންމެހައި ބޭފުޅުންގެ އެހީތެރިކަން ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގައި މިހާރު ހިމެނެނީ 87 ދާއިރާއެވެ. އަލަށް އިތުރުވި 6 ދާއިރާއެކު އަންނަ އަހަރު ބާއްވާ އިންތިހާބުގައި ޖުމްލަ 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރާނެއެވެ.