ދެމެހެއްޓނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މީހާރުގެ ބައެއް ނޭދެވޭ އާދަތައް ދޫކޮށްލަން ޖެހޭ: އެންވަޔަރަމަންޓް މިނިސްޓަރ

0

އަޅުގަނޑުމެން އިންސާނުން ގެ ބައެއްކަލަ ނޭދެވޭ އާދަތައް ދޫކޮށްލަން ޖެހޭކަމާއި، ދެމެހެއްޓނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އަދި ވެސް އެތައް އެހެނިހެން ގުރުބާނީ ތަކެއް ވާން ޖެހޭނެ ކަަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑ.ރ ހުސެން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސްވިޓްޒަލަންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ “ޔޫއެން ޓްރޭޑް ފޯރަމް: އެސްޑީޖީސް އެންޑް ކްލައިމެޓް ޗޭންޖް” ގެ ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުންނެވެ. 2015 އަހަރު ފަރަންސޭސި ވިލާތުގެ ޕެރިހުގައި އެކުލަވާލެވުނު ޕެރިސް އެގްރީމެންޓްއަށް ފަހު މިހާރު މުޅި ދުނިޔެވަނީ މި އެގްރީމެންޓްގައި އެއްބަސްވެވުނު ކަންތައްތައް ތަންފީޒު ކުރުމަށް އަތުކުރި އޮޅާލާފައިކަން މިނިސްޓަރގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި އޭގައިވާ ބައެއްކަންތައްތައް ތަންފީޒު ކުރެވެމުންދާއިރު ޓުއަރިޒަމް އަށާއި އިމްޕޯޓް މާކެޓަށް ބަރޯސާވެފައިވާ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިސާދަށް އަސަރުތަކެއް ކުރާނެ ކަމަށާއި، މިފަދަ ކަންކަމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ފޮރިން އިންވެސްޓްމެންޓްތައް ގެނައުމުގެ މުހިއްމުކަމާއި، އަދި މައިގަނޑު އެއް ދާއިރާއެއް ނުވަތަ ދެ ދާއިރާއަކަށް އިޤްތިސާދެއް ބަރޯސާވެފައި އޮންނައޮތުން ކުޑަ ކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

ސްވިޓްޒަލަންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ “ޔޫއެން ޓްރޭޑް ފޯރަމް: އެސްޑީޖީސް އެންޑް ކްލައިމެޓް ޗޭންޖް” ގެ ބައްދަލުވުމަކީ އ.ދ ގެ ކޮންފަރަންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕމެންޓް (ޔޫ.އެން.ސީ.ޓީ.ޑީ) ގެ ފަރާތުން އިންތިޒާމްކޮށްގެން، ބާއްވާ ބައްދަލުވުމެކެވެ. އަދި ޔޫ.އެން.ސީ.ޓީ.ޑީ ގެ ސެކްރެޓަރީ ޖެނެރަލްގެ ޚާއްސަ ދައުވަތަކަށް، މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑ.ރ ހުސެން ރަޝީދު ހަސަން ބައިވެރިވެ ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ގެ ޚާއްސަ މަންދޫބެއްގެ ގޮތުގައެވެ. މި ބައްދަލުވުން މި މަހުގެ 9 އިން 13 އަށް ކުރިއަށް ދާއިރު މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި، ވިޔަފާރިއާއި އިޤްތިސާދުތަކަށް ކުރަމުންދާ އަދި ކޮށްފާނެ އަސަރުތަކާއި އަދި އެފަދަ ކަންކަން ކުޑަކުރުމަށް ޤައުމުތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.

Advertisements

 

Advertisements