ރިޔާސީ އިންތިހާބަށް ކެންޕޭނު ކުރުމަށް މާލޭ މަގުތަކުގައި ދަމާފައި ހުރި ކެންޕޭން ދިދަތައް ފަދަ ތަކެތި ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސިޓި ކައުންސިލުން މި މަސައްކަތް ފެށީ ރިޔާސީ އިންތިހާބު ނިމުމުންނެވެ. އިންތިހާބު ފެށުމާއެކު ގިނަ ޕާޓީތަކަކުން ކެންޕޭނު ކުރުމައްޓަކައި މާލޭގެ މަގުތަކުގައި ދިދަފަތިތަކާއި ޕޯސްޓަރުތައް ވަނީ ހަރުކޮށްފައެވެ. މަޖީދީމަގާއި ބޮޑުތަކުރުފާނު މަގާއި، މާލެ އެތެރޭގެ މަގުތަކުގައި ހަރުކޮށްފައި ހުރި ދިދަފަތިތައް އިންތިހާބުގެ ފުރަތަމަ ބުރުނިމުމުން ނާކާމިޔާބުވި ބައެއް ޕާޓީ ތަކުން ވަނީ ކޮންމެސް ވަރަކަށް ނަގާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވި ސެޕްޓެމްބަރ ތިރީސްވަނަ ދުވަހުއެވެ. އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެއެވެ.