ސްޓެލްކޯގެ އެމްޑީ ހަސަން މުޢުނީއަކީ، ހިންގުންތެރި ނަމޫނާ ބޭފުޅޭއް.

0

ސްޓެލްކޯގެ މިހާރު އެމްޑީ، ޙަސަން މިޢުނީ އަކީ، ސްޓެލްކޯގެ ހަޔާތުން މިހާތަށް ފެނުނު އެންމެ މުރާލި، ހިންގުންތެރި މެނޭޖިންގ ޑައިރެކްޓަރެވެ.

ކުންފުނި ކުންފުނީގެ ގޮތުގައި ކުރިއަށް ގެންދިޔުމަށްޓަކައި، ކުރަންޖެހޭ ހުރިހާ ކަމެއް ވަރަށް ވިސްނުންތެރިކަމާއެކު އޭނާދަނީ ކުރަމުންނެވެ. އެގޮތުން ޒަމާނީ ފެނަވަރަށް، ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފް ކުރުމަކީ އޭނާގެ އަމާޒެވެ. ހަމަ އެފަދައިން މިހާރަށްވުރެ ޚަރަދު ކުޑަކޮށް، ކަރަންޓުގެ ޚުދުމަތް ދިނުމަށްޓަކައި ސޯލާސިސްޓަމް ބޭނުންވާ ކަމަށްބުނެ އެކަމަށްވެސް އޭނާ ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

Advertisements

ކުންފުނީގެ މިހާރުގެ އަމާޒަކީ، ޒަމާނީ ޓެކްނޮލޮޖީއާއި އެކު އަގު ހެޔޮކޮށް ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ދިނުމާއެކު، މުވައްޒަފުނަށް އުފާވެރިކަން ގެނެސް ދިނުމެވެ. މުޢުނީއަކީ މުވައްޒަފުންގެ ކަންކަން ވަރަށް ގާތުން ބަލާ އެމީހުންނަށް ބޭނުންވާ ކަންކަން ފަހިވާ ގޮތަށް ކަންކަން ކުރަމުން ގެންދާ ހީވާގި މެނޭޖިންގ ޑިރެކްޓަރެކެވެ.

ޕީސީބޯޑުން މަޢުލުމާތު ލިބިފައިވާ ގޮތުގައި، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ފައިދާ ވާ މަދު ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯ ހިމެނިގެން ދިޔަ ކަމީ، މެނޭޖިންގ ޑިރެކްޓަރގެ ހިންގުންތެރިކަމުގެ ލާމަސީލު މިސާލެކެވެ. މުޢުނީ އަކީ އަޚްލާގު ރަނގަޅު ، މަޑުމައިތިރި، ހިތްތިރި ހިންގުންތެރި ބެފުޅެކެވެ.

Advertisements
އަހްމަދު
އަހުމަދު އަކީ، ލިޔުންތެރިމަށް ޝަޢުގުވެރިކަން ހުންނަ އަދި ލިޔުންތެރިކަމުގައި ކުރިއަށް ދާން މަސައްކަތް ކުރާ ފަރާތެކެވެ.