ކީރިތި ރަސޫލާގެ އީދު މީލާދީ ދުވަހާ ގުޅިގެން އީރާނުން އެތައް ސަތޭކަ ކުށްވެެރިންނަށް މާފުދި ބައެއް ކުށްވެރިންގެ އަދަބު ލުއިކޮށްދީފިއެވެ.

އިރާާނުގެ ޖުޑިޝަރީ ޗީފް އެގޮތަށް އެދިވަޑައިގަތުމަށް އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ ވަނީ އެތައް ކުށްވެރިންގެ އަދަބު ލުއިކޮށްދީ މާފުދީފައެވެ.

އިރާނުގެ ގާނޫނު އަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރޫހީ ލީޑަރަށް ކުށްވެރިންނަށް މާފު ދިނުމުގެ ބާރު ލިބިގެންވެއެވެ. އެހެން ނަމަވެސް އެ މާއްދާގެ ދަށުން މައާފްދީ އަދަބުލުއިކޮށްނުދެވޭނެ ބައިތަކެއްވެސް ހިމެނެއެވެ. އެބައިތަކަކީ

  • ގައުމުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ މީހުން
  • ރޭޕް ކުރާ މީހުން
  • މަސްތުވާތަކެތީގެ ވިޔަފާރީގަައި ބައިވެރިވާ މީހުން
  • ރިޝްވަތު ދިނުމުގެ ކަންކަން ކުރާ މީހުން

މިބައިތަކުގެ މީހުން ނޫން އެހެން ކުށްވެރިންގެ ތެރެއިން މި ފަހަރު މާފުދީ އަދި އަދަބު ލުއިކޮށްދިން މީހުންގެ އަދަދު 2000 އަށް ވަނީ އަރައިފައެވެ. އިރާނުން ވަނީ ބޮޑު އިީދުގައި ވެސް 1700 ކުށްވެރިންނަށް މާފުދީ އަދަބު ލުއިކޮށްދީފައެވެ.

ގިނަ ބަޔަކަށް މައާފް ދިންއިރު މިދިޔަ އަހަރު އިރާނުގައި ބޭއްވި ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭގެ ތެރެއިން މަރުގެ އަދަބު ދިން މީހުންގެ ތެރެއިން އަދިވެސް ބައެއް މީހުންނަށް މަރުގެ އަދަބު ތަންފީޒެއް ނުކުރެއެވެ.