ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ހުންނަ މަޝްހޫރު ސިއާމް ޕްރޭގަން ޝޮޕިންގ މޯލްއަށް ދިން ހަމަލާގެ ތުހުމަތުގައި 14 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ ޗީފް ތޯރްސާކް ސުކްވިމޮލް ވިދާޅުވީ ހައްޔަރު ކުރެވުނު 14 އަހަރުގެ ކުއްޖާއަކީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރި ކުއްޖެއްކަން މިހާތަނަށް ބެލި ބެލިމުން ކަށަވަރުވެފައިވާ ކަމަށެވެ.

ތައި ފުލުހުންނާއި ހަވާލާދީ "ސްކައި ނިއުސް" އިން ބުނީ 14 އަހަރުގެ ކުއްޖާ ހަމަލާ ދިނުމަށް ބޭނުން ކުރީ ފިސްތޯލައެއް ކަމަށެވެ. އަދި އެފިސްތޯލަ މޮޑިފައިކޮށް ލައިވް ރައުންޑެއްގައި ވަޒަން ބޭނުން ކުރެވޭ ގޮތް ހަދާފައިވާ ކަމަށެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލް ސިއާމް ޕްރޭގަން ޝޮޕިންގ މޯލްއަށް ދިން ހަމަލާގެ ސަބަބުން ތައިލެންޑަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. މިހަމަލާގައި މަރުވީ ޗައިނާގެ ފަތުރުވެރިޔަކާއި މިޔަންމާ ރައްޔިތެކެވެ.

ތައިލެންޑުގައި ބަޑިން ހަމަލާ ދިނުމުގެ ހާދިސާތައް އަންނަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރު ރިޓަޔަރޑް ޕޮލިސް އޮފިސަރަކު ޕްރީ ސްކޫލަކަށް ދިން ހަމަލާއެއްގައި 24 ކުދިން މަރުވިއެވެ.