އޮގަސްޓު މަހު މީރާއަށް ލިބުނު އާމްދަނީ ދައްވެއްޖެ

3
އޯގަސްޓުމަހު ދައުލަތައް ލިބުނު އާންމްދަނީ ވަނީ ދައްވެފައި

މިދިޔަ އޮގަސްޓުމަހު ދައުލަތުގެ ޓެކްސް އިދާރާ މީރާ އަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14 ޕަސެންޓް ދަށްވެއްޖެ އެވެ.

މީރާ އިން މިއަދު އާންމުކުރި އޮގަސްޓުމަހުގެ އާމްދަނީ ރިޕޯޓު ދައްކާގޮތުން މިދިޔަ މަހު 862.91 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ޑޮލަރުން ލިބުނު އާމްދަނީ އަކީ 30.9 މިލިއަން އެވެ.

މީރާ އިން ބުނީ އާމްދަނީ ދަށްވެފައިވަނީ ބީޕީޓީ އަދި ޖީއެސްޓީ ދައްކަންޖްހޭ ގިނަ ފަރާތްތަކުން ޓެކްސް ދައްކާފައި ނުވާތިއްޔާއި ލޭންޑް އެކުއިޒިޝަން ކޮސްޓް އަދި ކޮންވެންޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބުން ކަމަށެވެ.

Advertisement

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ދައްކާ ޓެކްސް (ޖީއެސްޓީ) އިންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބިފައިވަނީ 481.7 މިލިއަން ރުފިޔާ އެވެ.

ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވިޔަފާރި ފައިދާއިން ނަގާ ބީޕީޓީގެ ގޮތުގައެވެ. ބީޕީޓީގެ ގޮތުގައި މިދިޔަމަހު 114.6 މިލިއަން ރުފިޔާ ލިބުނެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް މިދިޔަ މަހު 72 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ފާއިތުވި ތިން އަހަރުގެ އޮގަސްޓުމަހު ދައުލަތަށް ލިބުނު އާމްދަނީ އެންމެ ދަށްވެފައިވަނީ މިއަހަރު އެވެ.

Advertisements

3 COMMENTS

  1. ބަލަ ޔަޒީދު މިހާރު ގެންދަނީ މީހުންނަށް ޖެއްސުން ކުރަމުން. ފުރައްސާރަ ކުރަމުން. އޭނާގެ ވަޒީފާ ގެއްލޭނެ ކަން ޔަގީން ވުމުން، އެކަން ދިފާޢު ކުރުމަށްކަމަށް ބުނެ މީހުންނަށް ގުޅާ، މީހުން އަތުން ގަދަ ކަމުން ފައިސާއަތުލަމުން. އެއްވެސް ކަހަލަ މުއްދަތެއް ނުދީ މީހުން ގަދަކަމުން ފައިސާ އަތުލަމުން. މިހެން އުޅޭ މީހުންގެ ނިމުން ކިހާ ވަރަކުން ދާނެބާ

  2. ޔަޒީދު ވަކި ކުރުމަށް ގޮވާލަން. އެއީ ރައްޔިތުންނަށް ޚާއްސަކޮށް ވިޔަފާރި ވެރިންނަށް ހުރި ނުރައްކަލެއް. މީނާ ވަކި ކުރޭ

LEAVE A REPLY

Please enter your comment!
Please enter your name here