ސިޔާސީ މަސައްކަތުގައި ސާބިތުވެ އެއްގޮތެއްގައި ހުރުމަކީ ވަރަށް ބޮޑު ކަމެއް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް، އިމްރާން އަބްދުުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ އެކްސް.ކޮމް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އިމްރާން ވިދާޅުވީ، ވޭތުވެ ދިޔަ ދިގު މުއްދަތުގައި އަދާލަތު ޕާޓީއާއިއެކު ސާބިތުކަމާއެކު ދެމި ތިއްބެވި ހުރިހާ އަޚުންނާއި އުޚުތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރިޔާސީ އިންތިޚާބަށްފަހު އިމްރާނާއި އަދާލަތުގެ ނާއިބު ރައީސް، ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަހުމަދު ޝަރީފް ތުރުކީވިލާތަށް ފުރައިވަޑައިގެންފައެވެ. މިއީ އެގައުމުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.