ރަނގަޅު މުޖުތަމައެއް ބިނާކުރުމުގެ ބިންގާ އަޅުއްވައިދެއްވަނީ މުދައްރިސުން ކަމަށް އިންތިހާބީ ނައިބު ރައީސް އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް، ސެމްބެ ވިދާޅުވެއްޖެއެވެ.

އިންތިހާބީ ނައިބު ރައީސް ސެމްބެ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން ގެންދާ ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ މުދައްރިސުންނަށް އަރިސްކުރައްވައި އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ބިންގާ ރަނގަޅު ގޮތުގައި އަޅުއްވައި ދެއްވުމަށް މުދައްރިސުން ކުރައްވާ ބުރަ މަސައްކަތްތަކަކީ އަގު ނުކުރެވޭނެ މަސައްކަތްތަކެއް ކަމަށް ވެސް ސެމްބެ ވިދާާޅުވިއެވެ.

ސެމްބެ ވަނީ މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތްތަކަށް ހިތުގެ އަޑިންޝުކުރު ދަންނަވާފައެވެ. ރާއްޖޭގެ އެންމެހާ ލޮބުވެތި މުދައްރިނުންނަށް އުފާވެރި މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.