ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަދި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އަމީތުގެ ބައްޕަ، އަހްމަދު މަނިކު ނިޔާވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ހިނގި އެކްސިޑެންޓެއްގައި ލިބުނު ޒަހަމްތަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން 74 އަހަރުގެ އަހްމަދު މަނިކު ނިޔާވީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގީ ޗައިނާ އެމްބަސީ ކައިރީގައެވެ. އަހްމަދުމަނިކު އިޝާނަމާދަށްފަހު ގެއަށް ދިޔަ މަގުމަތީގައި ހިނގި މި އެކްސިޑެންޓުގައި އަނިޔާ ލިބުނީ ބޮލަށެވެ. އެކްސިޑެންޓަށް ފަހު އަހްމަދުމަނިކަށް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގައެވެ.