ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް) ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ. އެ ފުރުސަތު ހުޅުވާލީ އެޗުއާރުސީއެމްގެ މެމްބަރަކު އިސްއުފާ ދެއްވައިފައިވާތީ ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރުމަށެވެ.

މި ކަމަށް އެދު ހުށަހަޅާ ފަރާތްތަކުގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2023 އޮކްޓޫބަރު 15 އަދި 16 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މި ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސްގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.