ޕޯސްޓް އޮފީހުގެ ނަމުގައި ފޭކް އެސްއެމްތަކެއް ފޮނުވަމުން ދާތީ ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން ޕޯސްޓް އޮފީހުގެ ނަމުގައި އެސްއެމްތަކެއް ދަނީ ފޮނުވަމުން ދާ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އެއީ ސައްހަ ނޫން އެސްއެމްއެސްތަކެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އަދި މިފަދަ އެސްއެމްއެސްގެ ޒަރިއްޔާއިން ފޮނުވާ އެއްވެސް މެސެޖެއްގައި ހުންނަ ލިންކްތަކަށް ނުފިތުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.