އައްޑޫ ސިޓީ މަރަދޫ ވެމްބޮޅަފިށި ސްޓޭޑިއަމްގައި ފެންސްޖަހާ ދޭނެ ބަޔަކު ހޯދަނީ

0

އައްޑޫ ސިޓީ މަރަދޫ ވެމްބޮޅަފިށި ސްޓޭޑިއަމްގައި ފެންސްޖަހާނެ ފަރާތެއް ހޯދުމަށް، އައްޑޫ ސިޓީކައުންސިލުން އިޢުލާންކޮށްފިއެވެ. މިއީ ކުރިންވެސް މި މަސައްކަތް ކުރުމަށް ބަޔަކު ހޯދުމަށް އިޢުލާންކުރެވިފައިވާ މަސައްކަތެއް ކަމުގައިވިޔަސް، މަސައްކަތުގެ މަޢުލޫމާތަށް ބަދަލު ތަކެއް އައިސްފައިވާތީ، ދެވަނަ ފަހަރަށް ކުރި އިޢުލާނެކެވެ.

މި މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 2019 ސެޕްޓެންބަރު 12 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ން ފެށިގެން 2019 ސެޕްޓެންބަރު 18 ވާ ބުދަ ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، ހުޅުދޫ އަވަށު އޮފީހުންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.

ބީލަންތައް ބައްލަވައިގަންނަވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 2019 ސެޕްޓެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލްގެ އިދާރާގެ ހޯލްގައާއި، ހުޅުދޫ އަވަށުއޮފީހުގައެވެ. ބީލަން ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2019 ސެޕްޓެންބަރު 23 ވާ ހޯމަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައާއި ހުޅުދޫ އަވަށު އޮފީހުގައެވެ.

Advertisements

އައްޑޫ ކައުންސިލުން ގެންދަނީ ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި، މަޝްވަރާކޮށްގެން ކަންކަން ކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

http://adducity.gov.mv/iulaan

Advertisements