ދުނިޔޭގެ ކަސްޓަމާ ސާވިސް ހަފުތާ ފާހަގަކުރުމުގެ ގޮތުން އާބަންކޯއިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އާބަންކޯއިން ވިދާޅުވީ އެ ޕްރޮމޯޝަން ކުރިއަށް ގެންދާނީ އާދީއްތަ ދުވަހުން ފެށިގެން، ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.

މީގެއިތުރުން އާބަންކޯއިން ވިދާޅުވީ މި މުއްދަތުގެ ތެރޭގައި އާބަންކޯގެ ކޮންމެ ޗެނަލަކުން ހިދުމަތް ހޯދާ ކަސްޓަމަރަކަށް ވެސް އޮޓަމެޓިކުން އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

އަދި މި ޕްރޮމޯޝަންގައި ތިން ނަސީބުވެރިޔަކު ހޮވަން ހަމަޖެހިފައި ވާއިރު އެއިން ކޮންމެ މީހަކަށް ކުޑަގިރިއަށް ހިލޭ ދަތުރެއް ލިބޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ކަސްޓަމާ ސާވިސް ހަފުތާ ފާހަގަކުރުމުގެ ގޮތުން އެ ކުންފުނިން ހާއްސަ ޕްރޮމޯޝަނެއް ފެށީ ކަސްޓަމަރުންގެ ދުވަހާ ދިމާކޮށް، ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ކަމަށްވެސް އާބަންކޯއިން ވިދާޅުވެފައިވެއެވެ.