އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެމެރިކާގެ ސަފީރު ޔޮން ހުގޯއާއި ބައްދަލު ކުރައްވައިފިއެވެ.

މ. ދިމްޔާތުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިބައްދަލުކުރެއްްވުމުގައި ޑރ.މުއިއްޒު ވިިދާޅުވީ އެމަނިކުފާނުގެ ދައުރުގައި އެމެރިކާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން އެކިއެކި ދާއިރާތަކުން ރާއްޖެ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން އޮތްކަމުގައި ޑރ.މުއިއްޒު ވިދާޅުވިއެވެ.

އެމެރިކާގެ ސަފީރުގެ ވާހަކަ ފުޅުގައިވެސް ދިވެހި ރާއްޖެއާއި އޮތް ގުޅުން ބަދަހި ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްގީއައްޓާކަާ ބޭނުންވާ އެހިތެރިކަން ފޯރު ކޮށްދެއްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ. ރާއްޖޭގައި ގާއިމުވެގެން ދިޔަ އެމެރިކަން އެންބަސީގެ ސަބަބުން މިކަން އިތުރަށް ފަސޭހަ ވެގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވުމާ ގުޅިގެން ރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުން ގެންދަވަނީ އެމަނިކުފާނާ ބައްދަލުކުރައްވާ މަރުހަބާ ވިދާޅުވެ އެ ގައުމުތަކާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވަމުންނެވެ.