ތ. ދިޔަމިގިލީ ސްކޫލުގައި 10 ކްލާސްރޫމް ޢިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށް ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

މިކަން ހާމަކޮށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިގޮތުގައި މި މަސައްކަތް ހަވާލުކުރީ 400 ދުވަސްތެރޭގައި ނިންމާ ގޮތަށް، 10،686،305.77ރ އަށް، އީކޯ އިންވެސްޓްމެންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމް އެވެ.

އީކޯ އިންވެސްޓްމެންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ފަޒުލީން މުހައްމަދު އެވެ.