ރައްޔިތުންގެ މަޖިލީހުގެ ރެކްރިއޭޝަން ކްލަބް(ޕެމާ) އިން މަޖިލީހުގެ މުވައްޒަފަކަށް އުމްރާ ދަތުރެއް ދީފިއެވެ.
ޕެމާ ކްލަބުގެ ފަރާތުން މެންބަރުންނަށް އުމްރާ ދަތުރެއް ދިނުމަކީ 2023 ވަނަ އަހަރަށް އިންތިހާބު ކުރެވުނު ހިންގާ ކޮމެޓީގެ ރައީސް އިބްރާހީމް ނަދީމާއި ނައިބު ރައީސް ހަސަން ޒިޔާއުގެ ވައުދެކެވެ. މިއީ އެކުލަބުން ދިން ފުރަތަމަ އުމްރާ ދަތުރެވެ.
އުމްރާ ދަތުރު ދީފައިވަނީ މީގެ ކުރިން އުމްރާއަށް ނުދާ ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތަކުންނެވެ. އެގޮތުން އުމްރާ ދަތުރު ލިބިފައި ވަނީ އެ އިދާރާގެ މެއިޓެނެންސް ސެކްޝަނުގައި މަސައްކަތް ކުރާ މުހައްމަދު ނައީމް އަށެވެ.
ނައީމްއަށް ލިބިފައިވަނީ 15 ދުވަހުގެ ޢުމްރާ ދަތުރެއް ކަމަށް ޕެމާ އިން ބުނެއެވެ. އޭނާއަށް މި ދަތުރު ހަވާލުކޮށްދެއްވީ މަޖިލީހުގެ ސެކެރެޓަރީ ޖެނެރަލް ފާތިމަތު ނިއުޝާއެވެ. ނައީމް 2000ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ.
ޕެމާގެ ކްލަބްގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނެވެ. އަދި ހިންގާ ކޮމެޓީގައި ހިމެނެނީ މަޖިލީހުގެ މުވައްޒަފުންނެވެ. ކްލަބެއްގެ ގޮތުގައި ރަސްމީކޮށް ޕެމާ ރަޖިސްޓްރީ ކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ.