ރާއްޖެއިން 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

0
ރާއްޖެއިން އަތުލައިގެންފައިވާ މަސްތުވާއެއްޗެހިތަކެއް

150 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން އަތުލައިގެންފިއެވެ. މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ދިވެހި ފުލުހުންނާއި ސިފައިންނާއި ލަންކާގެ ކަމާގުޅޭ ފަރާތްތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެތައް މިލިއަން ޑޮލަރެއްގެ މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ ޕާކިސްތާނުން ފުރައިގެން ދަތުރުކުރަނިކޮށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުންކަމަށާއި، އެ ބޯޓް އަތުލައިގަތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭކަމަށްވެސް ބުނެފައިވެއެވެ. އަދި މި ބޯޓުގެ މަޢުލޫމާތު އިންޑިއާގެ ސަލާމަތީ ބާރުތަކުން އިންޑިއާގެ ކޮޗިންގއާއި 55 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަނިކޮށް މިދިޔަ މަހުގެ 30 ވަނަ ދުވަހުވެސް ރާއްޖޭގެ ސަމާލުކަމަށް ގެނެސްފައިވާކަމަށްވެސް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ރާއްޖޭގެ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި މި އޮޕަރޭޝަނާއި ގުޅޭ މަޢުލޫމާތު ރާއްޖޭގެ ސަލާމަތީ ބާރުތަކުން އަދި ހާމަކޮށްފައެއްނުވެއެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here