އެމްޑީއެންގެ ރިޕޯރޓް ފަރެސްމާތޮޑާ ކައުންސިލުން ކުއްވެރިކޮށްފި

0

އެމްޑީއެން (މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކް)ގެ ރިޕޯރޓް ކުއްވެރިކޮށް ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލުން ނޫސްބަޔާނެއް ނެރުއްވައިފިއެވެ. ފަރެސްމާތޮޑާ ކައުންސިލަކީ، ހުވަދު އަތޮޅު ދެކުނުބުރީ އިން އެންމެފުރަތަމަ، މި ރިޕޯރޓް ކުއްވެރި ކޮށް ނޫސް ބަޔާން ނެރުނު ކައުންސިލެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، ﷲ އަށާއި، އެކަލާނގެ ރަސޫލާ އަށް ފުރައްސާރަކޮށްފައިވާތީ، އެކަން ފަރެސްމާތޮޑާ ކައުންސިލުންނާއި، އެރަށުގެ ރައްޔިތުން އެކަން ވަރަށް ބޮޑަށް ކުއްވެރިކުރައްވާކަމަށެވެ.

Advertisements

އެމްޑީއެންގެ ރިޕޯރޓް ގައި އިސްލާމްދީނުގެ އަސާސްތަކާއި ރައްބުލް ކާއިނާތުގެ ވެރި މާތްﷲގެ ކުޅަދުންވަންތަ ކަމާއި މެދު ޝައްކު އުފައްދައި، އަދި ކީރިތި ޤުރުއާނުން ވާރިދުވެފައިވާ ކަންކަމާއި މެދު ސުވާލު އުފައްދައި، މާތްނަބިއްޔާގެ އަބުރުފުޅަށާއި ކަރާމާތަށް އިހާނެތިކޮށް ހިތާފައިވާކަމަށް ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާކަމަށެވެ. އެހެންކަމުން ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި މިފަދަ ދަރަޖައަކަށް މިކަން ދިޔުމަކީ އެކައުންސިލާއި، ރައްޔިތުން، ނުހަނު ހިތާމަކޮށް ކަންބޮޑުވާކަމެއް ކަމަށެވެ.

މި ޢަމަލަކީ، ދިވެހި ރާއްޖޭގެ ގާނޫނުއަސާސީގެ 27ވަނަ މާއްދާއާއި، ޤާނޫނު ނަމްބަރ 2003/1 ޖަމްޢިއްޔާ ތަކާއި ބެހޭ ޤާނޫނުގެ 19 އަދި 20 ވަނަ މާއްދާ އާއި، ޤާނޫނު ނަމްބަރ 94/6 ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާ އަދި ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 617 ވަނަ މާއްދާ އާއި ޚިލާފު ޢަމަލަކަށް ވީހިނދު މިކުށަށް ދަޢުވާ އުފުލަންޖެހޭ ފަރާތްތަކާމެދު ލަސްނުކޮށް ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާއި ބެހޭ މުއްސަސާތަކަށް އެކައުންސިލުން ވަނީ ޢިލްތިމާސް ކުރައްވާފައެވެ.

Advertisements