އެމްޑީއެން އަކީ އުފެދުނު ދުވަހުން ފެށިގެން ދީނީ ފުރައްސާރަ ކުރާބައެއް: ތިމަރަފުށީ މުސްޠަފާ

0

އެމްޑީއެން( މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކް) އަކީ، އެޖަމްޢިއްޔާ އުފެދުނު ދުވަހުން ފެށިގެންވެސް، ދީނަށް ފުރައްސާރަ ކުރާ ބައެއް ކަމަށް، ކުރީގެ މަޖިލިސްމެމްބަރ، ތިމަރަފުށީ، މިސްޠަފާ ވިދާޅުވެއްޖެއެވެ. މުސްޠަފާމިހެން ވިދާޅުވެފައި ވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. އޭގައި އިތުރަށް އޭނާ ވިދާޅުވެފައިވަނީ، މީގެ ނުރައްކާ ކުރާ ހިސާބަކީ، ހުޅަނގުން ކިޔަވައިގެން އަންނަ ދަރިންނަށް މި ވިހަލާ ހިސާބުން ކަމަށެވެ.

އެމް.ޑީއެން އިން ނެރުނު ރިޕޯޓުގައި، ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާތީ، އެކަން ކުއްވެރިކޮށް ސަރުކާރާއި، ދިވެހިރައްޔިތުންގެ ގިނަބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެކަމާ ދެކޮޅަށް ގިނަ ބަޔަކުދަނީ އަޑުއުފުލަމުންނެވެ. އަދި ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކުން، މިކަން ކުރި ފަރާތްތަކާމެދު ފިޔަވަޅު އަޅައި އެޖަމްޢިއްޔާ އުވާލުމަށްވެސް ގިނަ ބަޔަކުދަނީ ގޮވާލަމުންނެވެ.

Advertisements

 

Advertisements