އޭރުވީ މުޢިއްޒު. މިހާރު ކޮންއެއްޗެއް މިވަނީ: ޢަލީ ނިޒާރު

4

އިއްޔެ މާލޭއަށް ވާރޭވެހި މަގުމަތި ވަރަށް ބޮޑަށް ފެން ބޮޑުވެފައި ވަނިކޮށް، ފެންބޮޑުވެފައިވާ ފޮޓޯއެއް، ޓްވީޓްކުރައްވައި، ކުރީގެ އެމްޕީ ޢަލީ ނިޒާރު ވަނީ ސުވާލެއް ކޮށްފައެވެ. އޭނާ ކުރައްވާފައިވާ ސުވާލަކީ، އޭރުވީ މުޢިއްޒުކަމަށެވެ. ނަމަވެސް މިހާރު މިވަނީ ކޮންއެއްޗެއްތޯއެވެ؟

ނިޒާރު މިހެން ވިދާޅުވެފައި އެވަނީ، ކުރިން މާލޭ މަގުތަކުގައި ފެންބޮޑުވާއިރަށް އޭރުގެ އިދިކޮޅުފަރާތްތަކުން، މިހާރު ވެރިކަން ހިންގަން ހަވާލުވެފައިވާ ފަރާތުން ބުނަމުން ގެންދިޔައީ އެއީ މުޢިއްޒުވުން ކަމުގައެވެ. އެކި ގޮތްގޮތުން ސޯޝަލްމީޑިޔާގައާއި، އަދި އެހެނިހެން ގޮތް ގޮތުން ވެސް އެފަރާތްތަކުން ގެންދިޔައީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި، ކުރީގެ ހައުސިންމިނިސްޓަރ މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ފާޑު ވިދާޅުވަމުންނެވެ.

Advertisements

ނަމަވެސް މިއަދު ވެރިކަމުގައި ތިބި ފަރާތުން ކުރިން އެވާހަކަ އެގޮތަށް ދައްކަމުން ގެންދިޔައީތީ، އެކަމަށް އިޝާރާތް ކުރައްވައި، ޢަލީ ނިޒާރު ވަނީ މިހާރު މިވަނީ ކޮންއެއްޗެއްތޯ ބުނެ އެފަރާތްތަކަށް ސުވާލު ކޮށްފައެވެ. ނިޒާރަކީ އަބަދުވެސް ކަންކަމުގެ ހަގީގަތަށް ބަލައިގެން އަބަދުވެސް ވާހަކަ ދައްކަވަމުން ގެންދަވާ ފަރާތެއްކަމަށް ފާހަގަ ކުރެވެއެވެ.

 

Advertisements

4 COMMENTS

  1. ކިހިނެއް ހީވޭތަ. މަލާމާތާއި ފުރައްސާރައަކީ ވަރަށް ނުރައްކާ ކަމެއް. މިކަމުންވެސް ޢިބުރަތް ހޯދަން އެބަޖެހޭ

  2. މިފަހަރު މަޖިލީހަށް ކުރިމަތިލައިގެން ނިޒާރުވަނީ ފެއިލްވެފައި. އޭނާ ގަބޫލުކުރަނީ އޭނާ ފެއިލްވީ އަންނިގެ ސަބަބުން. ގަސްދުގައި އެމީހުން އޭނާ ފެއިލްކޮށްލީ. އެހެންވެ އެކަމާ ވަރަށް ބޮޑަށް ހިންހަމަ ނުޖެހިފައި މިހާރު ހުންނަނީ. އެހެންވެ މިހާރު އޭނާ ހުންނަނީ ވަރަށް ބޮޑަށް ހިންހަމަ ނުޖެހިފައި. ވަރަށް ގިނައިން ސޯޝަލް މީޑިއާގައި އެފަދަ ވާހަކަތައް ދަނީ ލިޔަމުން.

  3. އަލީ ނިޒާރާއި މުސްޔަފާ ދެމީހުންނަށް ވެގެން އުޅޭ ގޮތެއް ވަރަށް ރަނގަޅަށް ބަލަން އެބަޖެހޭ ދޯ. މިއި ވަރަށް ބޮޑަށް ކަންތައްބޮޑުކުރާ ދެފުއްކެހެރި ދެމީހުން

  4. މިސަރުކާރުން މިހާރު އެއްބަސްވޭ ޔާމީން މަސައްކަތް ކުރީ ރަނގަޅަށް ކަމަށް އެކަމަކު އެމީހުން ބޭނުން ނުވޭ މީހުން ކުރިމަތީގައި އެކަން ދައްކާކަށް. އަދި އެމީހުން ވަރަށް ބޭނުންވޭ ޔާމީން ކަންކަން މެނޭޖް ކުރި ގޮތް ބަލަން. އެވާހަކަ ވަރަށް ގިނައިން ދައްކާ

Comments are closed.