ސިވިލްސާވިސް ކޮމިޝަންގެ މެމްބަރުންގެ މައްސަލަ މަޖިލީހުން ބަލަނީ

5

ސިވިލްސާވިސް މުވައްޒަފުންނާނި، ޢާންމުންގެ ގިނަ ޝަކުވާތަކެއް އަބަދުވެސް ކުރަމުންގެންދާ، ސިވިލް ސާވިސް ކޮމިޝަންގެ މައްސަލަ އެންމެ ފަހުން، ރައްޔިތުންގެ މަޖިލީހުން ބަލަން ނިންމައިފިއެވެ.

މި މައްސަލަ ބަލަން ފަށާފައިވަނީ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާ ތަކާބެހޭ ކޮމިޓީންނެވެ. މި މައްސަލައިގެ ތަފްސީލް ހާމަކޮށްފައި ނުވި ނަމަވެސް، އެކޮމެޓީގެ ސަބްކޮމެޓީގެ ބައްދަލުވުންތަކެއް މިހާރުވެސް ވަނީ ބާއްވާފައެވެ.

Advertisement

ފަސް މެމްބަރުންގެ މައްޗަށް އެކުލަވާލެވިފައިވާ، ސިވިލް ސާވިސްކޮމިޝަނާ ގުޅޭ ގޮތުން، ސިވިލް ސާވެންޓުންނާއި، ޢާންމުންގެ އިތުރުން މީސް މީޑިއާގައިވެސް ދަނީ އެފަރާތްތަކަށް ފާޑު ވިދާޅު ވަމުންނެވެ. އަދި ސިވިލްސާވިސް މުވައްޒަފުންނާމެދު ޢަމަލު ކުރަމުންދާ ގޮތާއި، ކޮމިޝަންގެ މެމްބަރުން ވަރަށް ބޮޑަށް ސިޔާސީ ވެގެން މަސައްކަތް ކުރާކަމަށްވެސް އެކި ފަރާތްތަކުންދަނީ ތުހުމަތު ކުރަމުންނެވެ.

ސިވިލްސާވިސް ކޮމިޝަންގައި މިހާރު ތިއްބަވަނީ،  ރައީސް ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެމްބަރުން ފާތިމަތު އާމިރާ، ޒަކަރިއްޔާ ހުސައިންގެ އިތުރުން އިބްރާހިމް ޝަހީގްއެވެ.

Advertisements

5 COMMENTS

  1. ތިމީހުން ވަކިކުރުމަށް އަންނިއަށް ގޮވާލަން. ވަރަށް ޖަރީމާ ހިންގާފައިވާ ބައެއް. މުޅި ސިވިލް ސާވިސް އެއްކޮށް ފުނޑާލައިފި

  2. ސިވިލް ސާވިސް ކޮމިޝަން އުވާލަން ގޮވާލަން. މީގެ އެއްވެސް ބޭނުމެއް ނެތް، ހީވަނީ ސިޔާސީ ޕާޓީއެއްހެން.

LEAVE A REPLY

Please enter your comment!
Please enter your name here