ދިވެހި ފިލްމު އެވޯޑްސް ގައި ބައިވެރި ވުމުގެ ފުރުސަތު އިތުރުކޮށްފި.

0

ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ ފަރާތުން، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ، ފިލްމް އެވޯޑް 9 ގައި ބައިވެރިވުމުގެ ފުރުސަތު އިތުކޮށްފިއެވެ. 10 އޮކްޓޯބަރ 2019 އަށް ބައިވެރި ވުމުގެ ފުރުސަތު ހަމަވެފައި ވީނަމަވެސް، ވިހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން، 13 އޮކްޓޯބަރ 2019 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މުއްދަތުވަނީ އިތުރުކޮށްފައެވެ.

ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ “ދިވެހި ފިލްމު އެވޯޑްސް” މިއަހަރުގެ ނޮވެމްބަރު މަހު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް، ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް އިން މަޢުލޫމާތު ދެއްވައެވެ. މި އެވޯޑްގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ 2017 އަދި 2018 ވަނަ އަހަރު ރިލީޒްކޮށްފައިވާ ފިލްމުތަކެވެ.

Advertisements

ފިލްމްއެވޯޑުގެ އުޞޫލް އަދި ބައިވެރިވުމަށް އެދޭ ފޯމް އެން.ސީ.އޭގެ ކައުންޓަރުންނާއި ވެބްސައިޓް www.nca.gov.mv އިން ލިބެންހުންނާނެ ކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއްވައެވެ.

Advertisements
އާޔަން އަހުމަދު
އަހުމަދު އަކީ، ލިޔުންތެރިކަމަށް ޝަޢުގުވެރިކަން ހުންނަ އަދި ލިޔުންތެރިކަމުގައި ކުރިއަށް ދާން މަސައްކަތް ކުރާ ފަރާތެކެވެ.