ސީޝެލްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކްރިއޯލް ފެސްޓިވަލްގައި އައިޓަމް ހުށަހަޅައިދޭނެ ފަރާތެއް ހޯދަނީ.

0

މިއަހަރު އޮކްޓޯބަރ 25 އިން 28 އަށް، ސީޝެލްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ، ކްރިއޯލް 2019 ފެސްޓިވަލްގައި، އައިޓަމް ހުށަހަޅައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެގެން، ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް އިން އިޢުލާން ކޮށްފިއެވެ.

ރާއްޖޭގެ ސަޤާފީ ކުޅިވަރުގައި ހިމެނޭ ތަފާތު ހަތަރު ވައްތަރެއްގެ ނެށުން، ލައިވް ބޮޑުބެރާ ލަވަކިޔުމާއެކު، ހުށަހަޅާދޭނެ 12 މެމްބަރުންގެ ދެ ޖިންސުގެ ފަންނުވެރިން ހިމެނޭ ގޮތަށް ގްރޫޕެއް ހޯދަންބޭނުންވެގެން ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، މި ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުގުވެރިވާ ގްރޫޕްތަކުން، ގްރޫޕްތަކުގެ ހުށަހެޅުންތައް ދައްކުވައިދޭ ވީޑިއޯ ނުވަތަ ޔޫޓިޔުބް ލިންކް ހިމަނުއްވާ ޕްރޮޕޯސަލް 13 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ ދިއާރޓްސް އަށް ހުށަހެޅުމަށެވެ.

Advertisements

ހުށަހެޅުންތަކުގެ ތެރެއިން ފެސްޓިވަލްގައި ބައިވެރިވާނެ ގްރޫޕެއް ކަނޑައަޅާނީ އެ ސެންޓަރުން އެކުލަވާލާފައިވާ ކޮމިޓީން އިވެލުއޭޓް ކުރުމަށް ފަހުގައެވެ. އަދި މިދަތުރުގެ ހުރިހާ ޚަރަދެއް ހަމަޖެއްސުމަށް ހަމަޖެހިފައިވަނީވެސް ނޭޗަނަލް ސެންޓަރ ފޮރ ދިއާޓްސްއިންނެވެ،

Advertisements