އެމްޑީއެން ސަސްޕެންޑު ކުރުމުން ޝަހިންދާ ރައީސް އިބޫއަށް އިންޒާރު ދީފި

0
އެމްޑިއެން އާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ރައީސްވަނީ މީގެ ކުރިންވެސް ވިދާޅުވެފައި

އިސްލާމް ދީނާއި އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ހައްދުފަހަނައަޅާފައިވާ ދޮގު ވާހަކަތަކާއެކު ރިޕޯޓެއް ނެރެނުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ސަސްޕެންޑު ކުރުމުން ޝަހިންދާ އިސްމާޢީލް ރައީސުލްޖުމްހޫރިއްޔާއަށް އިންޒާރު ދީފިއެވެ.

ޝަހިންދާއަކީ އެމްޑީއެންގެ ދިފާޢުގައި އެންމެ ފާޅުކަންބޮޑު ގޮތެއްގައި ވާހަކަދައްކަމުންދާ އެޖަމްޢިއްޔާގެ އެއް މެމްބަރެވެ. އޭނާއަކީ އެޖަމްޢިއްޔާގެ ފައުންޑަރ މެމްބަރެއްކަމަށްވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޓެގްކުރައްވައި ޝަހިންދާ ކޮށްފައިވާ ޓްވީޓެއްގައިވަނީ އެމްޑީއެން ސަސްޕެންޑު ކުރިއިރު މައްސަލަ ބޮޑުވެފައިވާ އެޖަމްޢިއްޔާގެ ރިޕޯޓާ ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުސަތުވެސް ދީފައިނުވާ ކަމަށެވެ. ފިޔަވަޅު އަޅާފައިވަނީ އުސޫލުތަކާ ޚިލާފަށް ކަމަށާ، މިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިނަލްއަގުވާމީ މުޖުތަމައުގައި ޖަވާބުދާރީވާން ޖެހޭނެކަމަށްބުނެ ޝަހިންދާވަނީ އިންޒާރު ދީފައެވެ.

Advertisement

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް ޖަމިއްޔާ ސަސްޕެންޑްކޮށް، ޖަމިއްޔާގެ މަސައްކަތްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެޖަމްޢިއްޔާއަށް އެންގީ މިއަދުއެވެ.

އެމްޑީއެން ސަސްޕެންޑު ކުރުމަށް ޔޫތު މިނިސްޓްރީން ނެރުނު ބަޔާން

މިކަމާގުޅޭގޮތުން ޔޫތު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖަމްޢިއްޔާ ސަސްޕެންޑްކޮށް މަސައްކަތްތައް ހުއްޓާލުމަށް އަންގާފައިވަނީ އެޖަމްޢިއްޔާއިން ލިޔެ ޝާއިޢުކޮށްފައިވާ “ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް” ރިޕޯޓްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ އެމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާ މައްސަލަ، އެ އިދާރާއިން ތަޙްގީގުކުރަމުންދާތީކަމަށެވެ.

ޖަމްޢިއްޔާގެ މަސައްކަތްތައް ހުއްޓާލުމަށް އެންގީ ޔޫތު މިނިސްޓްރީގެ ޖަމްޢިއްޔާތަކާބެހޭ ރަޖިސްޓްރާއަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުންނެވެ. އެމްޑީއެންގެ ރިޕޯޓުގައި ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ހިމަނާފައިވާ ވާހަކަތަކާއި ގުޅިގެން، އެ މައްސަލަ ބަލައި އެކަމުގައި ޝާމިލުވާ މީހުންނާއި މެދު ފިޔަވަޅުއަޅުއްވާނެކަމަށް ރަޢީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްވެސް ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމިކް މިނިސްޓްރީއާއި، ދީނީ އިލްމުވެރިންނާއި، އާއްމުންވެސް ދަނީ މިކަމާއި ނުރުހުން ފާޅުކޮށް، ކަމާއި ގުޅޭ އިދާރާތަކުން މި މައްސަލަ ތަޙްގީޤު ކުރުމަށް ގޮވާލަމުންނެވެ.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here