ޑެންމާކުގައި ގުރުއާން އަނދާލުން ޖިނާއީ ކުށެއްކަމުގައި ހަދާ ބިލެއް ސަރުކާރުން ޕާރލިމެންޓަށް ފޮނުވައިފިއެވެެ.

މިބިލުގައިވާ ގޮތުން އެއްވެސް ދީނެއްގެ ފޮތް އަނދާލުމަކީ ޖޫރިމަނާ ކުރެވޭނެ ނުވަތަ 2 އަހަރު ދުވަހުގެ ޖަލު ހުކުމަކާއި ކުރިމަތިލާން ޖެހޭޏެ ޖިނާއީ ކުޝެކެވެ. މިއީ ކުރިން ހުޝައެޅި ބިލެއް ބިލެއް އިސްލާހުކުރުމަށްފަހު ހުޝައަޅާފައިވާ ބިލެކެވެ. ޑެންމާކްގެ ޖަސްޓިސް މިނިސްްޓްރީއިިން ނެރެފައިވާ ބަޔާޏެއްގައި ވާގޮތުން އަންނަ މަހު 14ގައި މިބިލާއި މެދު ޕާލިމެންޓްގައި މަޝްވަރާކުރާނެއެވެ.

މިބިލަކީ އަންމު ތަނަތަނުގައި ދީންތަކުގެ މުގައްދަސް ފޮތްތަކުގެ ހުރުމަތް ކަނޑާލުން ހުއްޓުވުމަށް ނެރެފައިވާ ބިލެކެވެ.

ޑެންމާކްގެ ޖަސްޓިސް މިނިސްޓަރ ޕީޓާރ ހަމެލްގާޑް ވިދާޅުވީ މިފަދަ ދީނީ ފޮތްތަކަށް އިހާނަތިކޮށް ހިތުމަކީ ޑެންމާކަށް ނުރައްކާތަކެށް ރައްދުވެދާނެ ކަމެށް ކަމަށެވެ.