ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާދޭން ފަށައިފި

0
އެކި ސަރަހައްދުތަކުގައި ހުރި ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުން

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ޚިދުމަތް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ ހދ.އަތޮޅު ތަޢުލީމީމަރުކަޒުގެ ހޯލްގައެވެ. މިރަސްމިއްޔާތުގައި މިޚިދުމަތްތައް އިފްތިތާޙު ކޮށްދެއްވުމަށްފަހު ހެލްތު މިނިސްޓަރ ދެއްކެވިވާހަކައިގައި ވޭތުވެދިޔަ އެއް އަހަރުދުވަހުގެތެރޭގައި ސީޓީ ސްކޭންގެ ޚިދުމަތާއި ކާޑިއޯ ޓެސްޓް ހަދަން އިމަޖެންސީކޮށް ގިނަ ބަލިމީހުން އެހެން ތަންތަނަށް ފޮނުވަންޖެހޭކަމަށެވެ. މިގޮތަށް މީހުން ފޮނުވާއިރު އުފުލަންޖެހޭ ތަކުލީފާއި ކުރަންޖެހޭ ޚަރަދު ވަރަށްބޮޑުކަމަށެވެ. އެހެންކަމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފެށި މިޚިދުމަތްތަކުގެ ސަބަބުން ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ކާޑިއެކް ސެންޓަރުން ކާޑިއެކް ކޮންސަލްޓޭޝަން، އިކޯ ކާޑިއޯގްރާމް ، ހޯލްޓަރސް މޮނިޓަރިން ، އީސީޖީ އަދި ޓީއެމްޓީ ފަދަ ޚިދުމަތްތައް ލިބެންހުނާނެއެވެ. ސީޓީ ސްކޭނާއި ކާޑިއެކް ސެންޓަރަކީ ސަރުކާރުން ތަރައްޤީކުރަން ނިންމާފައިވާ ފަސް ހޮސްޕިޓަލް ގެ މަސްރޫއުގެތެރޭގައި ހިމެނޭ ކަމެކެވެ.

Advertisements

އެވްރެޖްކޮށް ދުވާލަކު 305 މީހުން ޙިދުމަތް ހޯދާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ  މާލެ ފިޔަވައި އަތޮޅު ތެރޭގައި ހިތުގެ ބަލިތަކަށް ޚިދުމަތް ދޭ ސެންޓަރެއް ޤާއިމް ކުރެވޭ ފުރަތަމަ ފަހަރެވެ.

Advertisements