ޒަޔަނިސްޓް ޔަހޫދީ އިޒްރޭލުން ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހިންގަމުން އަންނަ ޢުދުވާނުގައި މިހާތަނަށް 8500 މީހުން ޝަހީދު ކޮށްލައިފި ކަމަށް ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ތެރޭގައި 3500 ކުޑަ ކުދިން ހިމެނޭ ކަމަށާއި އިޒްރޭލުގެ ޢުދުވާނުގައި ޒަޚަމްވި މީހުންގެ އަދަދު 18000 އަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށްވެސް ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެއެވެ.