ބޭވަފާތެރި އެކުވެރިޔާ

6

ރޯޒީ ޝަރީފް/ ޢާޝިޔާ

1 ވަނަ ބައި

Advertisements

ހެނދުނު ފޭސްބުކް ހުޅުވާލުމާ އެކު ކޮންމެވެސް މީހަކު އެޑް ކޮށްފަ އިންތަން ފެނިގެން ޝައިނާ ވިސްނާލިއެވެ.

ނުދަންނަ ނަމެކެވެ. އެހެންވެ އެއެޑް ބުލޮކް ކުރުމުގެ ކުރިން އެއްފަހަރު ޝައިނާ ފޭސްބުކް ގައި އިން އެނަމަށް ބަލާލިއެވެ. ބޭރުބަހަކުން އޭނާގެ ފޭސްބުކްގެ އައިޑީގެ ނަމަކަށް އޭނާވަނީ ޢާއްމުކޮށް މީހުން ނުލިޔާކަހަލަ ނަމެއް ލިޔެފައެވެ. އެއީވެސް މިޒަމާނުގެ ޅަކުދިންގެ އާދައެކެވެ. މާނަ ނުވެސް އެނގޭ ނަންތައް ފޭސްބުކްގައި ލިއެލަފާނެއެވެ. މިއީވެސް އެކަހަލަ ކޭސްއެކެވެ.

އެމީހަކު އަމިއްލަ ނަފްސަށް ދީފައި އިނީ އެއްވެސް މީހަކު ރުޅިއައިސްގެންވެސް އަނެކާ އަށް މުޙާތަބު ނުކުރާނެ ނަމެކެވެ. ވާނީ ވެސް އެހެން ނޫންހެއްޔެވެ. ޙުދު އެލިޔުނު މީހާއަށް ވެސް އޭނާ ލިޔެފައި އެއޮތީ ކޮންއެއްޗެއް ކަމެއް ނޭގެނެއެވެ. ޝައިނާ އާދަކޮށް އެހެން މެސެޖުވެސް ހުޅުވާފަދައިން އެމެސްޖުވެސް ހުޅުވާލިއެވެ. ކޮންމެވެސް އެއްޗެކޭ ނުބުނެ ހުރުން އެއީ ޝައިނާގެ ފިތުރަތެއް ނޫނޭވެ. އެހެން ކަމާއެކު ލިޔަންފެށިއެވެ

” ކަލޭ އަމިއްލައަށް ތިމާމީ ޝައިޠާނާއޭ (ޑެވިލް) އެހެންބަހަކުން ތިޔަބުނަނީ ކަލޭތީ ފަހެ ހާދަ މޮޔަ މީހެކެވެ. މޮޔަ އަދި ބޭރުބަސްތައް ނުދަންނަ ދިވެހިންނަށް ތިޔަ ބުނާ ބަހުގެ މާނަ ނޭގި ކަލެއަށް ލައިކް ދިނަސް ތިޔަ ބަސް ދަންނަ އަހަރެން ކަހަލަ މީހުން ބުނާނީ ކަލޭތީ ފައްކާ މޮޔައެކޭ ހަމަ. ކަލެއަށް ނޭނގޭތަ ޝައިޠާނާ އަކީ އަހަރެމެން އިސްލާމުން އެންމެ ރުޅިއަންނަ އަހަރުމެންގެ ޢަދާވާތްތެރިއާކަން. އެއްވެސް އިންސާނަކަށް އެނަމުން ރުޅިއައިސްގެންވެސް މުހާތަބް ކުރާކަށް ނުވާނެ. ކަލޭވެސްތީ ބުއްދި ފުރިހަމަ އިންސާނެއްވިއްޔާ”

އެމިހާގެ ޖަވާބެއް ނާދެއެވެ. އަނެއްކާވެސް ޝައިނާ ލިޔަންފެށިއެވެ.

“ބުނަންތަ ވާހަކައެއް ކަލޭ ގަދަވާންވެގެން މާކޫލް މިހެއް ކަމަށް ހެދިގެން ނުދަންނަ ބަހަކުން ތިޔަ ބުނެވެނީ އަމިއްލައަށް ތިމަންނަމީޝައިޠާނެކޭ (ޑެވިލް) ދިވެހި ބަހުން އޭގެ މާނަޔަކީ ޝައިޠާން

ޔަޤީނުންވެސް މިމީހާއަކީ އިނގިރޭސި ނުދަންނަ މީހެކެވެ. ނޫނީ މޮޔައެކެވެ. ޝައިނާ ހިތާހިތާ ކިޔާލިއެވެ. އަދި ލެޕްޓޮޕް ނިއްވާލާފަ ޗޮކެއްކަނޑާލިއެވެ. ގާތްގަޑަކަށް ގަޑިއެއްހާއިރު ފަހުން ޝައިނާގެ ފޯނަށް މެސެޖް އައި އަޑު އިވިއްޖެއެވެ.

އަނެއްކާވެސް ޝައިނާ ލެޕްޓޮޕް ހުޅުވާލިއެވެ. އަދި މެސެންޖަރ ހުޅުވާލި އެވެ.

“ދެންކަލޭ ބުނެބަލަ އަހަރެންގެ ޕޮޓޯއަށް އަހަރެންދޭންވާނަމެއް”

އެމީހާ ޝައިނާ ފޮނުވާފައިވާ މެސެޖުގެ ޖަވާބުދެނީއެވެ. ވަރަށް މަޖާވެފައެވެ. ދެމީހުން ފޭސް ބުކްއިން އެވާހަކަ ވަރަށް ތަފްޞީލްކޮށް ދެއްކިއެވެ.

ޝައިޠާނާ އާއި ބެހޭގޮތުން ޝައިނާ އޭނާއަށް އެނގިހުރި މަޢުލޫމާތު އެމީހާއަށް ދިނެވެ. އަދި ތަފާތު ރީތި ނަންތަކާ ބެހޭގޮތުންނެވެ.  ޝައިނާއަށް ރީތިވިހާ ނަންތަކާ ބެހޭގޮތުންނެވެ. ތަފާތު ނަންތައް ޝައިނާ ހުށައެޅިއެވެ. އެމީހާ ރުޅިއައުމުގެ ބަދަލުގައި ޝައިނާގެ ޙިޔާލަށް ތާއީދު ކުރިއެވެ. އަދި ޝުކުރު އަދާ ކުރިއެވެ.

ޝައިނާ ގެ ޙިޔާލުތަކަށް އިޙްތިރާމް ކޮށްފަ ފޭސް ބުކްގައި އެމީހާގެ ނަންކާރީ ރީތި ނަމެއް އޭނާ ޖަހާލިއެވެ. (ޑެވިލްގެ ބަދަލުގައެވެ) އެމީހާގެ މި މަޢުސޫމް އަދާއަށް ޝައިނާގެ ހިތުގެ ފުންމިނުން ޖާގަ ހޯދުމުގައި އޭނާ ކާމިޔާބުވިއެވެ. ހީވާގޮތުން އެގުޅުން އެކުވެރިކަމަށް ވުރެ އިސާހިތަކު ގާތްގުޅުމަކަށްވިއެވެ. ވާހަކަ ދެއްކުނީ ގަޑިއެއްހާއިރެވެ. ވާހަކަ ދައްކާ ނިމުނުއިރު ދެމީހުން އެކަކު އަނެކަކު ހީވަނީ ދަސްވެގެން ގޮސް ވަރަށް ޒަމާންވީ ދެއެކުވެރިންހެންނެވެ.

އެވަގުތު ދުރުން ރީތި ހިންދީ ލަވައެއް އަންނަމުންދިޔައެވެ. ދެމީހުންނަށްވެސް މިލަވަ އަޑުއިވޭގޮތަށެވެ.  “ޔޭ ދޯސްތީ ހަމްނެހީ ޗޯޅެނގޭ..މިލަވައެވެ. ލަވައިގަ ބުނަނީ އަހަރެމެންގެ މިއެކުވެރި ކަން ދޫކޮށް ނުލާނަމޭއެވެ. ނޭނވާ ހުއްޓާލާނަމޭ އެކަމަކު މިއެކުވެރިކަން ދޫކޮށް ނުލާނަމޭއެވެ. އަހަރެންނަށް ލިބޭ ކޮންމެ ކާމިޔާބީއަކީ ކަލޭގެވެސް ކާމިޔާބީއެވެ. ކަލެއަށް ލިބޭ ކޮންމެ ހިތާމައަކީ އަހަރެންނަށްވެސް ލިބޭ ހިތާމައެކެވެ. މަގޭ އެކުވެރިޔާއެވެ. އަހަރެމެން ދެމީހުންނަކީ ދެހަށިގަނޑަށް ވިޔަސް މިއީއެއްފުރާނައެކެވެ،އެއީ އަހަރެމެންގެ ލޯތްބެވެ. ލަވަ ނިމެންދެން ދެމީހުން އެލަވަ އަޑުއެހިއެވެ. ހެމުންނެވެ. ވީޑިއޯ ކޯލްއިންނެވެ. ވަކިވުމުގެ ސަލާމް ކޮށްލުމަށްފަހު ދެމީހުންވަކިވިއެވެ. އަލުން ބައްދަލު ވުމަށް ވަގުތު ދީފައެވެ.

ޝައިނާ ލަވަ ނިއްވާލިއެވެ. ވަކިވުމުގެ ސަލާމް ކޮށްލުމަށްފަހު ޝައިނާ ލެޕްޓޮޕް ނިވާލިއެވެ. އަދި ވަރަށް ފުރިހަމައަށް ތައްޔާރު ވެލިއެވެ. ހީވަނީ ބޮޑު ތަނަކަށް ދާންއުޅޭހެންނެވެ.

ޝީތަލް ޝައިނާ އާއި ބައްދަލު ކުރަން ޝައިނާމެން ގެއަށް އައެވެ. ޝައިނާ ވަރަށް ރީތިކޮށް ތައްޔާރު ވެގެން ހުއްޓާ ފެނިގެން ޙައިރާންވިއެވެ.

“އަސްތާ ކަމަނާތިޔޯ.. މާރީތިވެގެން ކޮންތާކަށް ދާން ތިޔަ ތައްޔާރުވީ؟”

ޝީތަލް އާއި ޝައިނާ އަކީ ގާތް ދެރަޙްމަތްތެރިންނެވެ. ޝައިނާގެ ދުވަހުގެ މުޅި ޑައިރީ ޝީތަލްގެ ކުރިމަތީ ހުޅުވާލައެވެ. އެއްވެސް ސިއްރެއް ދެމީހުން އެކަކު އަނެކަކަށް ނުބާއްވައެވެ.

ފޭސް ބުކް އިން އަލަށް މިދިމާވި މީހާގެ ވާހަކަވެސް ހީހީފައި އޭނާ ޝީތަލް އަށް ކިޔާދޭން ފެށިއެވެ. ކޮންމެ ޖުމްލައެއް ބުނުމާއެކު ޝީތަލް ބޭއިހްތިޔާރުގައި ކިޔަނީ ” އަސްލުތަ؟.. އަސްލުތަ؟”

“އަނެއްކާ ކަލޭ އެންމެ ފަހުން އޭނާދެކެ ލޯބިވާނީތާ؟”  ޝީތަލް މަޖާވެފަ ބުންޏެވެ.

“ކޮންތާކު އެއީ އަދި ޅަ ކުއްޖެއް އެންމެ 25 އަހަރުގެ ޒުވާނެއް. މައެބައުޅެންތަ ތިކަހަލަ މޮޔަކަމެއް ކުރަން” ޝައިނާ ހެމުން ހެމުން ބުނެލިއެވެ.

ޝީތަލްވެސް ހަމަ އެފަދައެވެ. އޭނާގެ ފިރިމީހާއާއި އޭނާގެ ޒުވާބުގެ ވާހަކަ ފަލްސަފާއެއްހެން ޝައިނާގެ ކުރިމަތީ ހުޅުވާލައެވެ. ބައެއްފަހަރަށް ހެމުންނެވެ. އަނެއްބައި ފަހަރަށް ރޮމުންނެވެ. ބައެއްފަހަރަށް އެދެމަފިރިން ދެމެދުގައި ވަރަށް ޑްރާމާ އޮވެއެވެ. އެއީ ކޮންމެ ދުވަހަކުވެސް އެދެމީހުންގެ އާދައެވެ. ބައްދަލު ވުމާއެކު ދެމީހުންގެ ސްޓޯރީއެވެ.. ޝައިނާ އެދެމަފިރިންގެ ވާހަކަ އަޑުއަހާލަނީ ހަމައެކަނި ހޫން އެއް އަޅުވާލަމުންނެވެ. އެއްވެސް ކޮޅަކަށް ބުރަވާގޮތަށް އޭނާ ވާހަކަ ނުދައްކައެވެ. ދެމަފިރިންގެ އަރައިރުމަކީ މޫދުގާ ބިއްސާލާ ރާޅު ކަހަލަ ރުޅިއެކެވެ. އިސާހިތަކު ދެމީހުން އެކުވެރިވެދާނެއެވެ.

ދެމީހުން އެކުގައި ބޭރަށް ނިކުތެވެ. ދޮރާށި ލައްޕާ ލާފަ މަގުމަތީ ހުރި ޝީތަލް ގެ ސައިކަލްކާރީ ދެމީހުން ހުއްޓިލިއެވެ. ޝީތަލް ދަބަސް ހާވާލާފަ ތަޅުދަނޑި ނަގަމުން ސައިކަލަށް އަރާ އެނބުރިލިއެވެ.

“އަހަރެން ބޭނުންވަނީ އަހަރެންގެ މިނިވަންކަން. އޭނާ ކައިރިން ވަރިވާން”  ކަރުނަ ފޮހެލަމުން ޝީތަލް ދަބަހަށް ފޯނު ލަމުން ސައިކަލް ސުޓާޓް ކުރަމުން ބުނެލިއެވެ. ހީވަނީ އޭނާގެ އެންމެ ފަހުގެ ނިންމުން ޙިޔާރު ކޮށްގެންއިންހެންނެވެ. ހީވާގޮތުން އެމީހުންގެ މިފަހަރުގެ ޑްރާމާ މާހާޑްވީއެވެ. ޝައިނާ ޝީތަލްގެ އެވާހަކަ އިވޭކަމަށް ނުހެދިއެވެ. ފަހުން ޝީތަލްވެސް އެވާހަކަ ނުދެއްކިއެވެ.

އާންމުކޮށް މިދެވެރިން ބައްދަލު ވެއްޖެއްޔާ ސައިކަލް ދުއްވަންދިޔުމަކީ ވަރަށް ބޮޑު އާދައެކެވެ. ސައިކަލް ދުއްވަނީ އަބަދުވެސް ޝީތަލްއެވެ. ފަހަތުގައި އިންނަނީ ޝައިނާއެވެ.

” ވަރިވުން ނޫން ހަމަ އެއްވެސް ގޮތެއް ނެތީތަ؟” ތަންކޮޅަކަށް ދުއްވާލިތަނާ ޝައިނާ ބުނެލިއެވެ.

“އެކަމާ ވަރަށް ވިސްނައިފިން. އެތައް ދުވަހެއް ވަންދެން ވިސްނައިފިން.” ޕިއްޒާހަޓް ކައިރިއަށް ސައިކަލްމަޑު ކޮށްލާފަ ފައިބަމުން، ކަރުނަ ވީއަޑަކުން ޝީތަލް ބުނެލިއެވެ.

“ކޯޓަށް އަހަރެން ވަނީ މައްސަލަ ހުށައަޅާފަ. މިއޮތީނުން”  ދަބަހުން ގަނޑު ތަކެއް ނަގާފަ ޝައިނާ އަށް ދައްކާލަމުން ޝީތަލް ވަރަށް ނޫންގޮތަކަށް ބުނެލިއެވެ.

“ކޯޓުން ތިޔަލިޔުން ބަލައިގަތީ؟؟” ވަރަށްހައިރާންވެފަ ޝައިނާ އަހާލިއެވެ.

“ކޯޓުން ސުވާލު ކުރި ގާޒީ އެންމެ ފަހުން އަހަރެންގެ ހުށަހެޅުން ނޯޓްކުރި”. ޓިޝޫއަކުން ކަރުނަ ފޮހެލަމުން  ޝީތަލް ބުނެލިއެވެ.

“އެއްވެސް ކަމެއް މާއަވަސް އަރުވާލައިގެން ކުރުން ބުއްދިވެރިއެއް ނޫން” ޝައިނާ އެންމެފަހުން ހަތިޔާރު ބަހަށްޓަމުން ބުނެލިއެވެ. ޝީތަލް ވަރިވުމަކީ އެއްގޮތަކަށްވެސް ރަނގަޅު ނިންމުމެއް ނޫނެވެ. އެއީ މާއަވަސްއަރުވައިގެން އަޅާމޮޔަ ފިޔަވަޅެކެވެ. ޝައިނާ ބުނަމުންދިޔައެވެ.

ކައިނިންމާލާފަ ޝީތަލް ޝައިނާ ގެޔަށް ގެންގޮސްދިނެވެ. އަދި އޭނާގެ އަމިއްލަ ދުނިޔޭގެ ތެރެއަށް ގެއްލުނެވެ.

ވަރިވުންއެނދި ޝީތަލް ކޯޓަށްސިޓީ ލީތާ މިއަދަށް މީ ހަތްވަނަ ދުވަހެވެ. ކޯޓަށް މައްސަލައިގެ ވާހަކަ އަޑުއަހަން އަންނަންއެންގީއެވެ. ވަރިވާންލީ މައްސަލައެވެ. ފަނަރަ އަހަރު ފަހުން ދެމީހުން ވަރިވަނީއެވެ. މައްސަލަޔަކީ ދަރިޔަކު ނުލިބުމުގެ މައްސަލައެވެ. ބޮޑަށް ދަރިޔަކު ބޭނުމީ ޝީތަލްއެވެ އެހެނަސް ޝާހިދު ދަރިޔަކު ބޭނުމެއްނޫނެވެ

ޝީތަލް އަށް ކޯޓަށް އަންނަން ލިބުނު ޗިޓާއި އެކު އޭނާ ވަރަށް ނަލަ ހެދިގެން ކޯޓަށް ގަޑިޔަށް ދިޔައެވެ.

އެންމެފަހުން ޝީތަލް ކާމިޔާބު ވިއެވެ. އޭނާގެ ފިރިމީހާގެ ކާރިން ވަރިވާށެވެ. އޭނާގެ މަޤްސަދަކީ މިނިވަންކަމެވެ. އެމިނިވަންކަން އޭނާއަށް ހޯދައިދިނީ ކޯޓުގެ ގާޒީއެވެ. އޭނާގެ ރީތިކަމުގެ ޖަޒުބާތު ކޯޓުގެ އެގާޒީވެސް ޖެހުނީ ތޯއްޗެކެވެ. ނޫނީ ހަމަ އޭނާއަށް ހެޔޮ އެދެނީ ކަމަށް ގާޒީ ހެދުނީ އެވެ. އިންސާފަކީ އެއީ ބާއެވެ. ފިރިމީހާ ވަރިކުރަންނެތަސް ކޯޓުގެ ގާޒީ ލައްވާ ވަރި ކުރުވަނީ ކިތަށް ދިވެހިން ބާއެވެ. މިއީވެސް އެކަހަލަ ކޭސްއެކެވެ. ޝާހިދުގެ ހިތުގެ އަޑިން ޝީތަލް ވަރިކުރާކަށް ބޭނުމެއް ނޫނެވެ. ތިންފަހަރަށްވެސް ވަރިޔަށް އެދި ކޯޓަށް ފޯމު ހުށައަޅާ ދެކޮޅަށް ދުވެހަދަނީ ޝީތަލް އެވެ. ހިތްހަމަ ނުޖެހޭ ކޮންމެ ދުވަހަކުއެވެ. ނިކަމެތި ވަނީ ފިރިމީހާއެވެ. ކާމިޔާބު ލިބެނީ އަންހެން މީހާއަށެވެ. ފަނަރަ އަހަރުވީ ކައިވެނި ރޫޅުނީ ގާޒީގެ އެހީގައެވެ.

ދުވަސްތަށް މަސްތަކަށް ބަދަލުވެ މަސްތައް އަހަރުތަކަށް ބަދަލުވަމުން ދިޔައެވެ.

ޒަމާންތަކެއް ޝީތަލް އާއި ޝައިނާ ވެސް ދިމާނުވެ ހަބަރެއްވެސް އެކަކު އަނެކަކަށް ނުއެނގި ދިޔައެވެ. ދެމީހުންނަށްވެސް ވަގުތުގެ މައްސަލައެވެ.

އެސްޓީއޯ ޓުރޭޑް ސެންޓަރ އަށް ޝައިނާ ދިޔައީ ބާޒާރު ކުރާށެވެ. ހުރިހާ އެއްޗެއް އެއްތަނަކުން ގަންނަން ލިބޭތީއެވެ. އަދި ވަކިން އަގުވެސް ބޮޑުނުވުމާއި އެކުގައެވެ.

ހޭލަމޭލަޔަށް މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ގާތްގަޑަކަށް  5 ނުވަތަ 6 ވަރަކަށް ކައުންޓަރު ހުރިއިރު ހަލުއިކަމާއެކު ކޭޝިއަރުން މަސައްކަތްކުރަމުން ދާއިރު ހީވަނީ ތަނުގެ ބިޒްނަސް ވަރަށް ރަނގަޅު ހެންނެވެ. ޝައިނާ ވެސް މަޑުމަޑު ހިނގުމެއްގައި ގޮސް ޓުރޮލީއެއް ހިފައިގެން އެއްޗިހިތަށް އަޅަމުން ގޮސް ކައުންޓަރަކާއި ކައިރިވެލިއެވެ.

ކައުންޓަރު ކާރީ ހުރި ކުއްޖާ ފެނިފަ ޝައިނާއަށް އުފަލުން ހަޅޭލަވައިގަނެވުނެވެ.. އެއީ ފެންނަކަމަށް ނަހަދާ ދެވޭވަރުގެ މީހެއް ނޫނެކެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ. އެއީ ޝީތަލް އެވެ. މިދެމީހުން މިފެނުނީ 8 އަހަރު ފަހުންވީއާއެވެ.

” އޭ ޝައި މަ ޑިޔުޓީ ނިމެންދެން މަޑު ކުރާތި 3 ގަ ބަންގިޔަށް ކުލޯސް ކުރާނެ”

ލާރި ކަނޑަމުން ޝީތަލް ބުނެލިއެވެ. އެއްބަސް ވުމުގެ ގޮތުން ޝައިނާ ބޯޖަހާލިއެވެ. އަދި އެއްޗިހި ހިފައިގެން ކައުންޓަރުގެ ފަހަތުގައި މަޑުކޮށްލިއެވެ.

“އަހަރެންގެ ވާހަކަ އޭނާ އަށް ކިޔާދޭނީ ކިހިނަކުން ބާވައެވެ؟” ޝީތަލް ހިތާހިތާ ކިޔާލިއެވެ.  އަދި އޭނާގެ ކައުންޓަރުގެ ވަށްގަނޑުތަށް ތަޅުލިއެވެ. އެތަނަކީ ގިނައެހެން މީހުންވެސް ބޭނުން ކުރާތަނަކަށް ވާތީ ތަޅުލުން ބުއްދިވެރިކަމަށް  އޭނާ ދެކުނެވެ.

ޝީތަލް މަސައްކަތް ނިންމާލާފަ ޝައިނާ ކާރިޔަށް ދިޔައެވެ. ދެމީހުން އެކުގައި ކޮފީއަކަށް ދާން ނިންމިއެވެ. ތަން އަބަދުވެސް ޑިސައިޑް ކުރަނީ ޝީތަލްއެވެ. ސަލްސާރޯޔަލް އަކީ އެދެމީހުން އަބަދުވެސް ވަންނަތަން ވީމައެވެ. އެތާ އުޅޭ ގިނަވޭޓަރުންވެސް އެދެމީހުންނާ ވެސް ރައްޓިހިންނަށް ވާތީއެވެ.

ދެމީހުންއެތާގެ ފުރަތަމަ ބަޔަށް އަރާފަ ތަންކޮޅެއްއެކަހަރި ތަނެއްގައި އިށީނދެލިއެވެ. ޝައިނާ އަށް އިށީންނަށްގޮނޑިވެސް ދަމާލަދިނީ ޝީތަލްއެވެ. ހަމަޖެހިލައިގެން އިށީނދެ ޝައިނާ ވާހަކަ ދައްކަން ފެށިއެވެ.

” އަޅެކިޔާދިބަލަ ކޮންތާކަށްތަ ދިޔައީ ހަބަރެއްވެސް ވެނުލާ މެސެންޖާރ އަކުން ވައިބާއަކުން ފޭސްބުކަކުން ނުވެސްފެނޭ ހުރިހާ ނަންބަރެއް ބުލޮކް ކޮށްފަ” ޝައިނާ ޝީތަލް ގައިގަ ހަގު ކޮށްލަމުން ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

“ކޮފީދޯ އެއީ ޝީތަލްގެ ފޭވަރިޓް ދޯ”

“ނޫނޭ މިހާރު އަހަރެންބޮނީ އައިސްޓީ” ހިނިގަނޑެއް ޖަހާލާފަ ޝީތަލް ބުނެލިއެވެ.

“ކޮނބާ ފިރިމީހާ  ދެތިން މަހެއް ކުރިން މަދެކުނިން އޭނާ ސައިކަލްގައި ދަނިކޮށް. ވަރަށް ބުރަކޮށް ދިޔައީ ބައިވަރު ކަތަޅުތަކެއް ހިފައިގެން ތަންކޮޅެއް ދުރުންދިޔައީ”

” މައޭނާ ކާރިންވަރިވެގެން މަދިޔައީ ކިޔަވަން ލަންކާއަށް 7 އަހަރު ކޮށްފަ މިއައީ ބިޒްނަސްމެނޭޖް މަންޓުން ފުދޭވަރަކަށް ކިޔަވާލިން. ވަޒީފާ ނެތި މަގުމަތިނުވާނެތާ މިހާރު އަހަރެން ހެދިން ޑިޕްލޮމާއިން ބިޒްނަސް މެނޭޖްމަންޓާއި އެޑްވާންސު ފަޔާ ފައިޓިން އާއި…ދެން އެކުން ހުންނާނީ ކުޅިވަރުގެ އެއްޗިހި އެންމެ ދަށްވާނީ ހިސާބަށް އެންމެ މޮޅުވާނީ އިނގިރޭސި. ހިސާބަށް ދަށްވީ ކޮންމެވެސް އެކުސްއެއް އޭގެތެރޭ އައިމާ..ނުލާހިކު ރަނގަޅަށް ކަނޑާ ގުނަކޮށް ހަދަނިކޮށް ފާޑެއްގެ އެކުސް އެއް ވަނީ.. އެއްދުވަހެއްގަ އެބުނާ އެކުސް ނުހޯދިގެން ބޮޅެއް އަޅާފަ މިއޮތީ އެކުސް ކިޔާފަ ތީރެއްޖަހާފަ ދައްކާވެސްލިން އެވެސް ޓެސްޓުގަ. ވީމާ ފާހެއް ނުވި.. ފަހުން އަނެއްކާއެކައުންޓުސް އެއްޗެއް ހަދަން ޖެހުނު ކޮންމެޔަކަސް ކިޔެވުމުގަ ޒަމާންތަށް ދުއްވާލިން އަދި އަނބުރާ މާލެއައިސް ބަލާލިއިރު ޝައިނާވެސް ލަންކާއަށް ބަދަލްވިކަން ލިޒީމެންގެ ފަރާތުން އެނގުނު.  އަހަރެން އެސްޓީއޯއަށް ވަދެ މެނޭޖަރ އަކަށް މި ހުންނަނީ ވަރިކުރި މީހާ ވީހިސާބެއް އޭނާގެ އެއްވެސް ހަބަރެއް ނޭނގޭ ވޭތިވެ ދިޔަ 7 އަހަރު އޭނާވެސް ގުޅާވެސް ނުލާ..މަވެސް ނުގުޅަން ދަރިޔަކު ނުލިބުމުގެ ސަބަބުން 15 އަހަރު ފަހުން ދެމީހުން ވަކިވީ”  ޝީތަލް އޭނާގެ ވާހަކަ ކިޔާދިނެވެ.  ޝައިނާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ.

ޝައިނާ ބުނާނެއެއްޗެއް ނޭނގިފަ ބޮލުގައި އައްޖައްސައިގެންއިންދާ  ކާތަކެތި ހިފައިގެން އައީވެސް އެމީހުން ދަންނަ ވޭޓަރެކެވެ.

“ހާދަ ނުފެނެޔޭ ދެމީހުން މާލޭގަ ނެތީދޯ” ވޭޓަރުވެސް އަހާލިއެވެ.

” އަހަރެން އިންޑިޔާގަ މީނާ ލަންކާގަ ދެން ނުފެންނާނެނު” ޝީތަލް ލެމަންޓީތަށި ކާރި ކޮށްލަމުން ބުނެލިއެވެ.

ވޭޓަރު ހޫން އެއް އަޅުވާފަ ދިޔައީއެވެ. އެވަރުންވެސް ޝައިނާ އިނީ ގެއްލިފައެވެ. އެހިމޭންކަން ކަނޑުވާލީ ޝީތަލްއެވެ.

“ދެން ކަލޭ ހެދީ ކިހިނެއް.. ކޮންހިސާބެއްގަ މިހާރު ތިޔައުޅެނީ ކަލޭވެސް އައްޑޫއަށް ބަދަލްވީދޯ ދެން މިހާރު ތިއުޅެނީ އެއްކަލަ އެޒަމާނުގައި ފޭސް ބުކްއިން ދިމާވި ކުއްޖާ އާއި އިނދެގެންތަ؟” ޝީތަލް އަހާލިއެވެ.

” އަހަރެންދޯ އަހަރެން މީހަކާ އިނީ ރައްޓިހިވެގެން  6 މަސް ދުވަހު އުޅެފަ. ކައިވެނި ކޮށްފަ ވަގުތުން ބަދަލްވީ ލަންކާއަށް ކިޔަވަން. ފިރިމީހާ ކިޔަވާތީ ސަރުކާރުން ލިބުނު ކޯހެއްގަ.”

“އެންމެ ހަމަދުވަސް އުޅެފަ އެހެން ކައިވެނި ކުރީ ކީއްވެ؟”

ޝީތަލް ސުވާލުގެ ނަޒަރަކުން ބަލާލާފަ އަހާލިއެވެ.

‘ކާވެނި ކުރަން ނިންމީ އޭނާގެ ރަނގަޅުކަން ފެނިފަ  އެކުން އާއިލާވެސް ދަންނަ މީހަކަށް ވާތީ..ކައިވެންޏަށް 5 އަހަރު އަދި ދަރިޔަކު ނުލިބޭ.. ޑޮކް ދުވާލަކު ޓެސްޓެއް ހަދާ އަދި މޮޅު ވާހަކަ ދައްކާ ދެމީހުންކުރެ އެކަކުވެސް ގޯހެއްނޫނޯ ދަރިން ނުލިބެންވާސަބަބެއްވެސް ނެތޯ އަދި ލިބޭނެޔޯ” ޝައިނާ އުދާސް ކަމާއެކު ބުނެލިއެވެ.

ޝައިނާގެ އެވާހަކަ އިން ޝީތަލްގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އޭނާވެސް މާޒީ ހަނދާންވީއެވެ. ޝާހިދު އާއި އިނދެގެން އުޅުނު ދުވަސްތަކެވެ.

ޝައިނާ ދެން ބުނަމުންދިޔައީ އޭނާ ކައިވެނީގެ ފަހުންއެކުގަ ހަނީމޫނަށް ދިޔަ ތަންތަނުގެ ވާހަކައެވެ. އެމީހުން އެންމެ ފުރަތަމަވެސް ހަނީމޫނަށް ދިޔައީ ލަންކާޔަށޯއެވެ. ޕާލްސިޓީ ހޮޓަލްގެ 201 އެމީހުން ނެގިވާހަކަ އެވެ. އެރޫމް ވެސް ހަމަ ޖެހިއްސީ ހަމަ ޝައިނާގެ އަލަތު ފިރިމީހާއެވެ.  ހަމަ ކޮންމެ އަހަރަކު ލަންކާއަށް ޗުއްޓީއަށް ގޮސް އެރޫމް ނަގާވާހަކަ އެވެ. ޝައިނާ ގެ ކަމަކީ ހަމައެކަނި އެއްބަސް ވުމެވެ. ނުވަރަލިޔައަށް ވެސް ދިޔަ ވާހަކައެވެ.

“އަހަރެންގެ ފިރިކަލުންނަކީ ވަރަށް ބިޒީބޭކަލެއް ކިޔެވުމުގައި  އެހެން ވެ ގިނަ ފަހަރު ބާޒާރަށް ދަނީވެސް މައެކަނި” ޝީތަލް އިނީ ހިމޭނުންނެވެ. އެހެންޏާ ހަދާހެން އަނގަނުބާނައެވެ.

ދެ އެކުވެރިން ވަކިވީ އަދި ބައްދަލު ކުރަން ނިންމާފައެވެ. ޝައިނާ، ޝީތަލް އަށް އެމީހުންގެގެޔަށް އައުމަށްވެސް ދަޢުވަތު ދީފައެވެ.

“އެސްޓީއޯގެ އޮފީސް ދަތުރެއްގައި ޝީތަލް ކުޑަބަޑޮހަށް ދާން ނިންމީއެވް. ޝީތަލް ގެ ކޮއްކޮއަކީ އެސްޓީއޯ ފާމަސީގަ އުޅޭކުއްޖެކެވެ.އޭނާގެ އުފަންދުވަހު އެތަނުގެ ފަރާތުން ހުރިހާ މުވައްޒަފުންނަށް ރާވާދިން ދަތުރެކެވެ. އޮފީސް މަސައްކަތް ބަހަށްޓާފަ ބޭރަށް ނިކުމެވޭތީ ޝީތަލް ހުރީ އުފަލުންނެވެ.

އެންމެންގޮސް އެއްބޯޓަކަށް އެރިއިރު އެއޮފީހުގެ އެހެންޑިޕާޓް މަންޓު މީހުންވެސް އެބޯޓުގައި ތިއްބެވެ. ގިނަ މޫނުތަކަކީ ޝީތަލް ދަންނަ މޫނުތަކެއް ނޫނެވެ. އެހެންވެ އޭނާ ހުރީ ހިމޭނުންނެވެ.  ކޮންމެ މީހަކުވެސް ކައިރިޔަށް އައުމާއެކު ޝީތަލް ހިނިތުންވެލާފަ ސަލާމް ކޮށްލައެވެ. އޭނާގެ ކޮއްކޮ އެންމެންނާއި މަޖާ ކުރަމުން ވާހަކަ ދައްކަމުން ދިޔައެވެ. މިއީ އަލަށް ޖޮއިންކުރި މެނޭޖަރ ކިޔާފަ އެންމެންނަށް ޝީތަލް ތައާރަފް ކޮށްދެމުންނެވެ.

އެހުރިހާ އެކުވެރިންގެ ތެރޭ އެއްވެސް އެއްޗެކޭ ނުބުނެ މާހިމޭނުންއިން މީހަކު އިނެވެ. ސަލާން ކޮށްލާންވެސް އޭނާ ނާދެއެވެ. ޝީތަލް ސިއްރު ސިއްރުން އޭނާގެ ކޮއްކޮ ކާރިން އެއީ ކާކުތޯ އަހާލިއެވެ.

” އެއީ ހައިކޯޓުގެ އެޑް މިން އޮފްސަރ އަހްމަދު ޝަފްރާޒް. އޭނާ އަކީ ކުޅުދުއްފުށީ މީހެއް.. މިއެސްޓީއޯގެ ބައެއް ލިޔެކިޔުންތަށް އޭނާ ބަލަހަށްޓާނެ. ރީތިވީދޯ އޭނާ”

ޝީތަލް ބޯހޫރާލާފަ ތަންކޮޅެއް ދުރުގައި ގޮސް އިށީނެވެ.

“މިހާރު ޝީތަލް ދެކެ އޭނާ ވަރަށް ލޯބިވެޔޭ ބުނެފީޔާ ބުނާނީ ކީކޭ؟” ކޮއްކޮ ޝީތަލް އާއި ކާރިޔަށް ޖެހިލާފާފަ މަޖާ ރާގަކަށް އަހާލިއެވެ.

“ސާބަސް އެއީމީހެއްގެ ފިރިޔެއް ކަންނޭނގެ” ޝީތަލް  މޫނު ހަދާލާފަ ބުނެލި އެވެ.

މިހެންބުނެލާފަ ޝީތަލް ތެދުވެގެންގޮސް މާދުރުގަ ހުރިޖޯލި ފަތީގައި އިށީނެވެ.

“އަހަރެން ދައްކާނެ ބަހަނާއެއް ނެތެވެ. އަހަރެން ނާކާމިޔާބުވެއްޖެއެވެ. އަހަރެންގެ ހިތްހަލާކުވެ ނިމިއްޖެ”. އަނެއްކާވެސް އެހެން ރައްޓެއްސެއް ވާހަކަ ދައްކަމުން އައިއްސަ ޖޯލިފަތީ އިށީނެވެ.

ޝީތަލްގެ ކޮއްކޮ އާމިނަތު ވެސް އަނބު މަޖާ ހިފައިގެންއައިސް އެމީހުން ކާރީ އިށީނެވެ.

“ތިޔޯ”  ޝީތަލް އޭނާގެ ފޮތް ބާއްވާލަމުން  ބުނެލިއެވެ.

“މިއީ އަނބު މަޖަލެއްނު.. ކާސިމާ ކަލޭ މާނޫން ގޮތަކަށް އައިސް މަގޭ ދައްތަ ކާރީ ޖައްސާލާފަ ތިއިނީޔޯ ދޭބަލަ ޝަފްރާޒް ގެންނަން އޭނަ އެބައިން  އެއްވެސް ގޫރޫޕަކަށް ނުގޮސް  މާހިމޭނުން ފޯނަށް ގެއްލިފަ”

އެވަގުތު ކާސިމް ގޮސް ޝަފުރާޒް ގޮވައިގެން އައެވެ. އަލަށް ކޮންޕެނީގައި މަސައްކަތް ކުރަން ފެށި ކުދިންނާ ރަހްމަތްތެރި ވާން   ޖެހޭނެއޭ ކިޔާފަ ޝަފްރާޒް ބޭންދީވެސް ޝީތަލް ކާރީ ޖެހިގެން ހުރި ޖޯލިފަތީގައެވެ. ޝީތަލް ހިނިތުންވެލާފަ އެއްވެސް އެއްޗެކޭ ނުބުނެ އިނީއެވެ.

ނުނިމޭ

 

Advertisements
ރޯޒީ ޝަރީފަކީ ، ލިޔުންތެރިކަމަށް ޝަޢުގުވެރިކަން ހުންނަ، މިހާރުވެސް ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުންގެންދާ ލިޔުންތެރިއެކެވެ. ޚާއްސަޮށް ވާހަކަ ލިޔުމާއި، ބިއުޓީ އާއި ބެހޭ ލިޔުންތަަށް ފަރިތަ ލިޔުންތެރިއެެވެ.

6 COMMENTS

  1. ރޯޒީގެ ވާހަކަ ނުލިބިފަ ތިބީ ވަރަށް އުފާވެއްޖެ. ވާހަކަ ވަރަށް ރީތީ އެސްފިޔައިގަވެސް ރޯޒީގެ ވާހަކަ ކިޔަން ވަރަށް ކިޔަން ވަރަށް ރަނގަޅު އަނެއްބަޔަށް އިންތިޒާރު ކުރެވޭ

Comments are closed.