ވ.އަތޮޅުގެ 8 ސަރަހައްދެއް ހިމާޔަތްކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ވިދާޅުވީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ހަތަރު ވަނަމާއްދާއާ ހަވާލާދީ އެ މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ވ.އަތޮޅުގެ އަށް ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ކަމަށެވެ.

ސަރަހައްދުތަކުގެ ތެރޭގައި:

  • ވ.ހިނގާކުޅީފިނޮޅު ސަރަހައްދު
  • ވ.ތުނޑުހުރާ ސަރަހައްދު
  • ވ.ރުއްހުރި ހުރާ ސަރަހައްދު
  • ވ.ކަށަވަރުފަޅު ސަރަހައްދު
  • ވ. ރަކީދޫ ކޯނަރ ސަރަހައްދު
  • ވ.ހުރަޅުކަނޑު ސަރަހައްދު
  • ވ.ފުއްސަރު ފަރު
  • ވ.ހުރާ ފަޅު

މިނިސްޓްރީއިން ބުނީ މި ސަރަހައްދުތައް ބެލެހެއްޓުމުގައި އަމަލުކުރާނީ ގުދުރަތީ ނުވަތަ ތަބީޢީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށެވެ.