ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) 'އިޔާ އެންޑް ސޭލް 2023' ފަށައިފި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު މެންދުރުފަހު މި ސޭލް ފައްޓަވައި ދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރުވީން އަބްދުލް ފައްތާހެވެ.

މި ސޭލް ކުރިއަށް ދާނީ އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ. އެ ކުންފުނިން ބުނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި މި ސޭލް ކުރިއަށް ދާނެ ކަމަށެވެ.

އެސްޓީއޯއިން ބުނެފައިވަނީ "އިޔާ އެންޑް ސޭލް"ގެ މުއްދަތުގައި ކަނޑައެޅިފައިވާ ބައެއް މުދަލުން 80 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ދެވޭނެ ކަމަށެވެ. އަދި ބަންޑްލް އޮފާ ތައްވެސް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެެ.

މިއީ އަހަރު ނިންމާލުމުގެ ގޮތުން އެސްޓީއޯ އިން ކުރިއަށް ގެންދާ ސޭލްއެކެވެ.