ޣައްޒާ ސިޓީގެ ސްކޫލަކަށް އިސްރާއީލުން ދިން ޓެރަރިސްޓް ބޮމުގެ ހަމަލާއެއްގައި 20 އަށްވުރެ ވުރެ ގިނަ މީހުން ޝަހީދުވެއްޖެ ކަމަށް އަލްޖަޒީރާއިން ބުނެފި އެވެ.

އަލްޖަޒީރާއިން ބުނީ އިޒްރޭލުން ދިން ޓެރަރިސްޓް މިހަމަލާގައި ދިހަވަރަކަށް މީހުން ވެސް ޒަހަމްވެފައިވާ ކަމަށެވެ.

އިޒްރޭލުން ބޮމުގެ ހަމަލާ ދީފައި ވަނީ ޣައްޒާގެ އުތުރުގައި އޮންނަ ސަފްތާވީ ސަރަހައްދުގައި އދ.އިން ހިންގަމުން އަންނަ ސްކޫލަކަށެވެ. މިސްކޫލަކީ އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ދެމުން އަންނަ ޓެރަރިސްޓް ހަމަލާތަކުން ރައްކާތެރިވުމަށް އެއްތަބަޔަކު ބޯހިޔާވަހިކަން ހޯދައިގެން ތިބި ސްކޫލެކެވެ.

އިޒްރޭލުން ޓެރަރިސްޓް ހަމަލާ ދިން ވަގުތު ގިނަބަޔަކު ތިބީ ކްލާސް ރޫމުގައި ނިދާފައިކަމަށްވެއެވެ. ހަމަލާގެ ސަބަބުން ސްކޫލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އިޒްރޭލުގެ މިހަމަލާއާ ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރަސް ވިދާޅުވީ ސްކޫލަށާއި އެމްބިއުލާންސަށް އިޒްރޭލުން ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުން ޝޮކެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ޣައްޒާއަށް ޓެރަރިސްޓް ހަމަލާ ދިނުން ހުއްޓާލުމަށް އެމަނިކުފާނު އިޒްރޭލަށް ގޮވާލައްވާ ގޮވާލެއްވުން ވަނީ ތަކުރާރު ކުރައްވާފައެވެ.

އެމެރިކާ އާއި އިނގިރޭސިންގެ އެހީގައި 1948 ވަނަ އަހަރު ފަލަސްތީނު ބިމަށް ގަދަކަމުން ވަރިވެގަނެ، އެބިމުގައި ޓެރަރިސްޓް ދައުލަތެއް ހަދައިގެން، ޒަޔަނިސްޓް އިޒްރޭލުން ގެންދަނީ ފަލަސްތީނުގެ ބިމުން އެބިމުގެ އަސްލު ވަޒަންވެރިން ނެރެލުމަށް ފާއިތުވެދިޔަ 75 އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.