އެސްތުމާ އޭ ކިޔަސް، ނޭވާ ހިއްލުމޭ ކިޔަސް ހަމަ މި ދައްކަނީ އެއްވާހަކައެކެވެ. މިއީ ނޭވާލުމުގެ ނިޒާމަށް ޖެހޭ ނޭވަޔަށް އުނދަގޫކުރުމުގެ ވާހަކައެވެ. މި ނޭވަޔަށް އުނދަގޫކުރުމަކީ ރާއްޖޭގައި ވަރަށް އާންމު ބައްޔެކެވެ.

ނޭވާ ހިއްލުން ނުވަތަ އެސްތުމާ

މިއީ ބްރޮންކިއުލް ޓިއުބުތައް ދުޅަވެ ނޭވާލާން އުނދަގޫވުމެވެ. މީގައި އެންމެ ފުރަތަމަ ދިމާވާ ކަމަކީ މި ބްރޮންކިއުލްޓިއުބުތައް ދުޅަވުމެވެ. އަދި ދަވައެއް އުފެދެން ފެށުމެވެ. މިއީ ބުނެލަން ފަސޭހަވިޔަސް އިހުސާސް ކުރުން ފަސޭހަ ކަމެއްނޫންކަން ޔަގީނެވެ. ބްރޮންކިއުލްޓިއުބްރައް ދުޅަވެ، ދަވަހެދެން ފެށުމުން މިވާ ގޮތަކީ އޭގެ ވަށައިގެންވާ މަސްތައް ބާރުވަނީއެވެ. އަދި ދެން ހޮޅިތަކުން ފަސޭހަކަމާއެކު ވަޔަށް ދަތުރު ނުކުރެވޭ ގޮތްވުމުން ނޭވާ ކުރުވާގޮތް ވާނެއެވެ. އަދި ބެދިފައިވާ ހޮޅިތަކުން ނޭވާ ދަތުރުކުރާއިރު "ޒުޒުޒޫނ" އަޑެއް ކިޔާނެއެވެ. މިއީ ޑޮކްޓަރުން އެވިދާޅުވާ ވީޒް އެވެ.

ދިމާވާ ކަންތައްތަކުގެ ސަބަބުން ނޭވާލާ ހޮޅިތައް ފިތޭ ގޮތްވުމެވެ. އެހެންނަމަވެސް އެސްތުމާ ނުވަތަ ނޭވާ ހިއްލުމުގައި ނޭވާލާ ހޮޅިތައް ފިތުނަަސް އެ ހޮޅިތައް ހުޅުވެއެވެ. އެހެންކަމުން މިއީ ދާއިމީ ބައްޔަކަށް ނުވެދާ ފަހަރު ގިނައެވެ.

ބައެއް ފަހަރު އެންމެ ކުޑައިރުން، އެންމެ ފަހާ ހަމައަށްވެސް މި ބަލި ދިގުދެމިގެން ގޮސްފައި ހުރިއިރު ޅައުމުރުގައި މި ބަލީގައި އުޅެފައި ވަކި އުމުރެއްގައި މުޅިން ރަނގަޅުވެއެއެވެ. އަދި ހަމަ ބައެއް ފަހަރު އެއްވެސް އަލާމާތެއް ނުފެނި، އުމުރުގެ ވަކި ހިސާބަކުން ކުއްލިއަކަށް މި ބަލީގެ މީހަކަށްވެދެއެވެ. އެހެންކަމުން މިއީ ދާއިމީ ބައްޔެކޭ ބުނެވޭކަށް ނެތެވެ.

"ނޭވާ ހިއްލުުމުގެ ބަލި އާއިލާގެ ތެރެއިން ވާރުތަވެގެންވެސް ޖެހިދާނެ. ހައިޕާ އެކްޓިވް އެއާވެއި ޑިޒީޒަސްއަކަށްވެސް ވެދާނެ. ކުޑައިރު ކާއެއްޗަކަށް ނުވަތަ އެހެންވެސް އެއްޗަކަށް އެލާޖިކުވާ ކުުއްޖަކު އޭގެ ސަބަބުން އެސްތުމާއަށް އެބަދޭ. ބައެއް ފަހަރު އެސްތުމާ ބަދަލުވެގެން އެބަދޭ ރިވާޒަބަލް ނުވާ ވައްތަރަކަށް. ނުވަތަ އެސްތުމާ ސީއޯޕީޑީ އޯވާލެޕްއަކަށް އެބަ ބަދަލުވޭ. މައިގަނޑުކޮށް އެލާޖިކުވުން، އާއިލީގޮތުން ވާރުތަވުން. ވަރަށް ބޮޑު ރޯލެއް އޮވޭ އާއިލާގައި މި ބަލި ހުންނަ މީހަކު ހުރުން. ކެމިކަލް ރިއެކްޝަނަކާ ހެދި ނޭވާ ހޮޅިތައް ފިތެނީ އެކަމަކު މި ނޭވާ ހޮޅިތައް ހުޅުވޭގޮތަށް، ބައެއް މީހުން ހާއްސަކޮށް އަންހެނުން، ހޯމޯނަލް ބަދަލަކާ ހެދި ނޭވާ ހިއްލުމަކަށް އެބަދޭ،" އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ އެސްތުމާއާ ބެހޭ ގޮތުން ވިދާޅުވެފައިވެއެވެ.

އެސްތުމާގެ ސަބަބުތައް

ނޭވާހިއްލުން ނުވަަތ އެސްތުމާއަށް އޮތް ފަރުވާއަކީ ކޮބާ؟

އެސްތުމާ ނުވަތަ ނޭވާ ހިއްލާ ބަލި ހުންނަނަމަ ބަރާބަރަށް ގަވާއިދުން ދެވިފައިވާ އިންހޭލާ ބޭނުން ކުރާށެވެ. އިންހޭލާއަކީ އެއްވެސް ހާލެއްގައި ދެވިހިފާ އެއްޗެއް ނޫނެވެ. އަދި ނުރައްކާތެރި ބިރެއްވެސް ނޫނެވެ. ދީފައިވާ ބޭސް ގަވައިދުން ބޭނުން ކުރާށެވެ. މި ބަލީގެ މީހުންނަށް ދެވޭނީ މޮންޓެފް، މޮންޓޭލިކާސްޓް ކިޔާ ބޭހެކެވެ. ކިރިޔާވެސް ރޯގާގެ އަސަރު ހުރިނަމަ ހޫނުފެނުން އާވި އަރުވާށެވެ. އެލާޖިކުވާ ކަހަލަ އެއްޗިހި ދެނެގަނެ އެތަކެއްޗަށް ރައްކާތެރިވާށެވެ. ހާސްވެ ކަންބޮޑުވުން ދުރުކޮަށް ނަފުސާނީ ގޮތުން ހިތްހަމަޖެހޭ އުފާވެރި ގޮތްތަކެއް ހޯދާށެވެ. ކަސްރަތު ކުރުމުން ހަށިގަނޑު ދުޅަހެޔޮކަން މަތީގައި ބަހައްޓާށެވެ.

އެސްތުމާއާއި ސީއޯޕީޑީ އަކީ އެއް އާއިލާއެއްގެ ދެބެންނެވެ. އެކަމަކު މިއީ އެއްވެސް ހާލެއްގައި އެކައްޗެއް ނޫނެވެ. ސަބަބަކީ އެސްތުމާއަކީ ދާއިމީ ބައްޔަކަށް ނުވާއިރު ސީއޯޕީޑީ އަކީ ދާއިމީ، ބޭސްކެއުން ނޫން ފަރުވާއެއް އަދި މިހާތަނަށް ނުހޯދި އޮތް ބައްޔެކެވެ

(ދެން ގެނެސްދޭ އާޓިކަލްއެއްގައި ސީއޯޕީޑީގެ ތަފްސީލާއި މިދެ ކަމުގެ ތަފާތު ހިމަނާލާނަމެވެ.)