އިރުމަތީ މެޑިޓެރޭނިއަން، ރަތް ކަނޑު، ޕާޝިއަން ގަލްފް އަދި ގަލްފް އޮފް އޮމާން ސަރަހައްދަށް ނިއުކްލިއަރ ސަބްމެރިންއެއް (އޮހައިއޯ ކްލާސް) އެމެރިކާއިން ފޮނުވައިފިއެވެ.

އިރާން ބިރުގެންނެވުމަށް އެމެރިކާއިން ފޮނުވި ނިއުކްލިއަރ ސަބްމެރިންގެ މާގިނަ މައުލޫމާތު ތަކެއް އެގައުމެއް ހާމަކޮށްފައް ނުވެއެވެ. އެމެރިކާގެ ދިފާއީ ވުޒާރާއިން ސަބްމެރިންގެ ފޮޓޯއެއް ހާމަކޮށްފައިވާއިރު، ސަބްމެރިން އޮންނަ ސަރަހައްދުން މިސްރުގެ ސުއޭޒް ކެނަލް ފެނެއެވެ.

ނިއުކްލިއަރ ސަބްމެރިން އިރުމަތީ މެޑިޓެރޭނިއަން، ރަތް ކަނޑު، ޕާޝިއަން ގަލްފް އަދި ގަލްފް އޮފް އޮމާން ސަރަހައްދަށް އެމެރިކާއިން ފޮނުވާފައި މިވަނީ އީރާނާއި އެގައުމުގެ ބައިވެރިން (ސީރިޔާ، ހިޒްބުﷲ ޖަމާއަތް)، ޣައްޒާގައި އިޒްރޭލުން ހިންގަމުން އަންނަ ގަތުލް އާންމުގެ ތެރެއަށް ވަދެދާނެ ކަމަށް ބަލައެވެ.

ޣައްޒާއަށް ރެޔާ ދުވާލު ޒަޔަނިސްޓް އިޒްރޭލުން ބޮން އަޅައި އެއްގަމު މަގުން އަރަގައިތީވެސް އެމެރިކާގެ ނޭވީ ދެމަނަވަރު ގަލްފަށް ފޮނުވި ފަހުންނެވެ. ބޭނުމަކީ އިރާނާއި ސީރިޔާ އަދި ހިޒްބުﷲގެ ހަމަލާއަކުން އިޒްރޭލް ދިފާއު ކުރުމެވެ. ނިއުކްލިއަރ ސަބްމެރީންވެސް ގަލްފް ސަރަހައްދަށް އެމެރިކާއިން ފޮނުވީ މިސްޓްރެޓެޖީގެ ދަށުންނެވެ.

.އެމެރިކާގެ ސަބްމެރީންއަކީ ޓޮމަހޯކް ކްރޫޒް މިސައިލެއް ފޮނުވާލަނީ.

ސީއެންއެން އިން ބުނާ ގޮތުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ އަތުގައި އޮހައިއޯ ކްލާހުގެ ހަތަރު ގައިޑްޑް މިސައިލް ސަބްމެރިން ހުރިއިރު، އެ ސަބްމެރިންތައް ވަނީ 154 ޓޮމާހޯކް ކްރޫޒް މިސައިލް އުފުލުމަށް ބަދަލުކޮށްފަ އެވެ.