ޣައްޒާގައި ކެންސަރުޖެހިފައި ތިބި ކުދިން ފަރުވާ ހޯދުމަށް ތުރުކީއަށް ފުރުވަން ނިންމައިފި ކަމަށް ތުރުކީގެ ހެލްތު މިނިސްޓާރ ފަހްރެޓިން ކޮކާ ވިދާޅުވެއްޖެއެވެ.

ކޮކާ ވިދާޅުވެފައި ވަނީ މިހާރު ޣައްޒާގައި ތިބި ކެންސަރަށް ފަރުވާދޭން ޖެހޭ ކުދިން ތުރުކީއަށް ގެނައުމަށް އިޒްރޭލުގެ ހެލްތު މިނިސްޓަރާއި މަޝްވަރާކޮށް އެއްބަސްވެއްޖެ ކަމަށެވެ. އެ ކުދިން ތުރުކީއަށް ގެނެވޭނެ ވަކި ތާރީހެއް ކޮކާ ބަޔާން ކޮށްފައެވެ ނުވެއެވެ. އަދި މީގެ އިތުރު ކޮކާ ވިދާޅުވީ ތުރުކީގައި ކެންސަރު ޖެހިފައި ތިބި 1000 ކުދިންނަށް ފަރުވާ ދެވޭނެ ފެސިލިޓީސް އެބަ ހުރިކަމަށެވެ. އަދި ތުރުކީގެ ޑޮކްޓަރުން ތިބީ ޣާއްޒާގެ ކުދިންނަށް ފަރުވާދޭން ތައްޔާރަށް ކަމަށްވެސް ކޮކާ ވިދާޅުވިއެވެ.

އޮކްޓޫބަރު 7 ގެ ގެ ފަހުން އިޒްރޭލުން ދަނީ ޣައްޒާއަށް ހަމަލާ ދެމުންނެވެ. ޣައްޒާއަށް ދ3ެމުންދާ ހަމަލާތަކުގައި މިހާރު 10،569 އަށް ވުރެ ގިނަ ީހުނން ވަނީ ޝަހީދު ވެފައެވެ. މީގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ކުޑަކުދިންނެވެ.