ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ހަޅޭއްލަވަމުން ގެންދަވަނިކޮށް، މާލީ ވަޒީރު އިބްރާހިމް އަމީރު ބަޖެއްޓް ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށިގެން މިހާރު ކުރިއަށްދާއިރު، މިއަދުގެ ޖަލްސާގައި އޮތީ ސަޕްލިމެންޓްރީ ބަޖެޓާ، އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމެވެ. ފިނޭންސް މިނިސްޓަރު ބަޖެޓް ހުށަހަޅުއްވަމުން ދާއިރު، ދަ ޑިމޮކްރެޓްސްގެ މެންބަރުން އަންނަނީ އެކަމަށް ހުރަސް އަޅުއްވަން އަޑު ގަދަ ކުރަމުންނެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ބަޖެޓް ހުށަހަޅުއްވަމުން ގެންދަވަނިކޮށް، މިނިސްޓަރުގެ މައިކުން، ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު ވަނީ ވާހަކަ ދައްކަވާފައެވެ.

އަދި ޑިމޮކްރެޓްސްގެ މެންބަރުން މިނިސްޓަރު ވަށައިގެން ތިބެ އަޑުގަދަ ކުރަން ފެށުމުން އެމްޑީޕީގެ މެންބަރުންވަނީ މިނިސްޓަރަށް އުނދަގޫ ކުރުން ހުއްޓުވުމަށް ތެދުވެ މިނިިސްޓަރު ވަށައިލައިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑިމޮކްރެޓްސްއިން އަޑު ގަދަ ކުރަމުންދާއިރު، މިއަދުގެ ޖަލްސާއަކީ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު، އާ ރައީސާއެކު ބާއްވާ ފުރަތަމަ ޖަލްސާއެވެ.