ސ.މަރަދޫ ސްކޫލްގެ ދަރިވަރުންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިދަތޫ ފަޔަރ ސްޓޭޝަނުން، ބޭސިކް ފަޔަރ އެވެއާނަސް ކުލާސްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ސ.މަރަދޫ ސްކޫލުގެ ސްޓަރ، ލިޓްލްމެއިޑްސް، ގާލްގައިޑްސް، ސްކައުޑްސް އަދި ކަބްސްކައުޑްސްގައި އުޅޭ ދަރިވަރުންނަށް އަމާޒްކޮށްގެން ކުރިއަށްގެންދިޔަ މި ކުލާސްތައް ބާއްވާފައިވަނީ ނޮވެންބަރު 13 ވަނަ ދުވަހުއެވެ.

އެމްއެންޑީއެފުން ބުނީ މި ކުލާސްތަކުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ފަޔަރ އެކްސްޓިންގުއިޝަރ ބޭނުން ކުރާނެ ގޮތް ހިމެނޭކަމަށެވެ.

އަދި މި ކުލާސްތަކުގައި، ބައިވެރިން ވަނީ ފަޔަރ އެކްސްޓިންގުއިޝަރ ބޭނުންކޮށްގެން އަލިފާން ނިއްވަން ފަރިތަކޮށްފައިވާ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ. މީގެއިތުރުން މި ކުލާސްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ.

އަދި މި ކުލާސްތަކުގައި އެ ސްކޫލްގެ ޖުމްލަ 75 ދަރިވަރުން ބައިވެރިވިއެވެ.