ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ ހުވާ، ގދ. ފަރެސްމާތޮޑާ ފަރެސް އަވަހަށް، ނޫވިލާގޭ، ހުސައިން މުހައްމަދު ލަތީފް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ ހުވާ އެމަނިކުފާނު ކުރައްވާފައިވަނީ ޖުމްހޫރީ މައިދާނުގައި މިހާރު ކުރިއަށްދާ ޚާއްސަ ރަސްމިއްޔާތުގައެވެ. އެމަނިކުފާނަށް މަގާމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރެވެ. ހުވައި ކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ ހުވައިގެ އިގްރާރުގައި ސޮއި ކުރައްވައިފައެވެ.