މިނިސްޓަރ އޮފް އެގްރިކަލްޗަރ، ފުޑް ސެކިއުރިޓީ އެންޑް އެނިމަލް ވެލްފެއަރއަކަށް އައްޔަން ކޮށްފައިވަނީ ޑރ އައިޝަތު ރަމީލާއެވެ. މިނިސްޓަރ ކަމުގެ ހުވާ ޑރ އައިޝަތު ރަމީލާ ކުރެއްވީ 17 ނޮވެމްބަރު 2023 ވީ ހުކުރު ދުވަހުގެ އިރުއޮއްސި އަށެއްޖެހިއިރުއެވެ.

ޑރ. ޢާއިޝަތު ރަމީލާ

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަގާމާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އެންޑް ފެމެލީގެ މަގާމު އަދާކުރައްވާފައިވާ ޑރ އާއިޝަތު ރަމީލާ ދިވެހި ސަރުކާރުގެ ޚިދުމަތަށް ފެށްޓެވީ ނަރުހެއްގެ ވަޒީފާއިންނެވެ. އެއީ 1990 ވަނަ އަހަރުއެވެ.

ވޭތުވެ މިދިޔަ 33 އަހަރުދުވަހުގެ ތެރޭ ސަރުކާރާ އަދި އަމިއްލަ ވިޔަފާރިތަކާއި ޚިދުމަތްތަކުގެ ދާއިރާގައިވެސް ޑރ. ރަމީލާގެ ޚިދުމަތް ދިވެހި ޤައުމަށް ވަނީ ކުރައްވާފައެވެ

ޑރ އައިޝަތު ރަމީލާ ތައުލީމު ހާސިލު ކުރައްވާފައި ވަނީ ސޯޝަލް ސައިންސްއިންނެވެ. އަދި ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާގައި ޕީއެޗްޑީ ޙާޞިލްކުރެއްވީ 2010 ވަނަ އަހަރު އެވެ.